ނިދަން އުނދަގޫވުމަކީ ވަރަށް ގިނަ ބަޔަކަށް ކުރިމަތިވާ ކަމެކެވެ. އެގޮތުން ބައެއް ފަރާތްތަކުން މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި އެކި ފާޑު ފާޑުގެ ބޭސް ބޭނުންކޮށްއުޅޭއިރު އެފަދަ ކަންކަމަކީ ސިއްހީގޮތުން މާ ރައްކާތެރިކަމަކަށް ނުވެއެވެ. އެހެންކަމުން ތިރީގައި މި ހިމަނާލަނީ ފަސޭހަކަމާއި އެކީ ނިދަން އެދޭނަމަ ދެވިދާނެ ގުދުރަތީ ބައެއް ފަރުވާތަކަށެވެ.

ތަޖުރިބާކާރުން ބުނާގޮތުގައި މި ބުއިންތަކަކީ ފަސޭހަކަމާއިއެކު ނިދުމަށް އެހީވެދޭ ބުއިންތަކެކެވެ.

ގްރީން ސްމޫތީ: ނިދުމުގެ ކުރިން މާގިނައިން ކާބޯހައިޑްރޭޓްސް އެކުލެވޭ ކާނާ ކެއުމަކީ ހަމަނިދި ލިބުމަށް އެހީވެދޭ ކަމެކެވެ. ނަމަވެސް މިބައި ކެއުމުގައި ވަކި މިންގަޑެއްގައި ހިފެހެއްޓުން އެންމެ ރަނގަޅެވެ. މި ބުއިމުގައި ހިމެނޭ ކާބޯހައިޑްރޭޓްސްގެ ސަބަބުން ހަމަނިދި ފަސޭހަކަމާއިއެކު ލިއްބައިދިނުމަށް އެހީވެދެއެވެ.

އަލްމަންޑް ބަޓަރ ބަނާނާ ސްމޫތީ: ހަމަނިދި ނުލިބުމުގައި އެންމެ ބޮޑަށް ދިމާވާ މައްސަކަތަކުގެ ތެރޭގައި ހަށިގަނޑުން މެގްނީޒިއަމް މަދުވުން ހިމެނެއެވެ. މެގްނީޒިއަމްއަކީ، ފަސޭހައިން ހަމަިދި ލިއްބައިދިނުމުގެ އިތުން ހަށިގަނޑުގެ ނާރުގެ ނިޒާމު ދުޅަހެޔޮކޮށްދީ އެނޫންވެސް ސިއްޙީ ފައިދާތައް ލިއްބައިދޭ މާއްދާއެކެވެ. އަލްމަންޑް ބަޓަރ ބަނާނާ ސްމޫތީއަކީ މި މާއްދާ ގިނަ ޢަދަދަކަށް އެކުލެވޭ ބުއިމަކަށްވާއިރު، މިއީ ފަސޭހައިން ނިދުމަށް ވަރަށް ރަނގަޅު ޙައްލެއް ކަމުގައި ތަޖުރިބާގެ އަލީގައި ގިނަ ބަޔަކު ބުނެއެވެ.

ހޫނު ކިރު: ކިރަކީ ހަށިގަނޑަށް ގިނަ ގޮތްގޮތުން ފައިދާ ކުރުވަނިވި ބުއިމެކެވެ. އެގޮތުން ޒަމާނުއްސުރެވެސް މި ބުއިމަކީ ރަނގަޅަށް ނިދި ލިބުމަށް ދަތިވާ ފަރާތްތަކަށް އޮތް ޙައްލެއް ކަމަށް ވެއެވެ. ނިދިމުގެ ކުރިން ކިރުތައްޓެއް ބުއިމުން އޭގައި ގިނަ ޢަދަދަކަށް އެކުލެވޭ ޓްރައިފޮޓޮމިންގެ ސަބަބުން ސިކުންޑިއަށް ހަމަޖެހުން ލިބި ހަމަނިދި ލިބުމުގައި އެހީތެރިވެދެއެވެ. ކިރުތައްޓެއް ބުއިމުގައި އެއްސަމްސާ މާމުއި ބޭނުންކުރުމަކީ އަދި އިތުރަށް ފައިދާހުރި ގޮތެކެވެ.

ކިޔުންތެރިންގެ ހިޔާލު