މުމްބާއީގައި އަންހެނެއްގެ ފޯނު ނުދޭން އުޅުމުން ރޭލްވޭ މުވައްޒަފަަކަށް ހަމަލާދީފިއެވެ.

މި ހާދިސާ ހިނގީ މިއަހަރުގެ ޖޫންމަހުގެ 20 ވަނަ ދުވަހުއެވެ. އަންހެނަކު އޭނާގެ ފޯނު މުމްބާއިގެ ރެއިލްވޭ ކައުންޓަރުގައި ބާއްވާފައިދެވުމުން އަނެއްކާ އެނބުރި އައުމުން އޭރު އެތާނގައި ހުރި ރެއިލްވޭކުލާކު ބުނެފައިވަނީ ފޯނު ބޭއްވިފައި ނެތްކަމަށެވެ.

ނަމަވެސް އަންހެންމީހާ އެވާހަކަ ގަބޫލުނުކޮށް ޓިކެޓް ކައުންޓަރުގެ ތެރެއަށް ގަދަކަމުން ވަން އިރު އޭނާގެ ފޯނުގެ ކަވަރު އެތާހުރި މޭޒެއްގެ ދަށުންވަނީ ފެނިފައެވެ. ޝައްކުވެގެން އޭނާ ދެން އެމުވައްޒަފުމީހާގެ ޖީބު ބަލާ ފާސްކުރިކުރުުމުން އޭނާއަށް ވަނީ އެމީހާގެ ޖީބުން އެފޯނު ފެނިފައެވެ.

އަންހެންމިހާ އެވަގުތު އެތަނުން ދިޔަނަމަވެސް އޭނާ ފަހުން އެހެން އަންހެނުންތަކަކާއެކު އެނބުރި އައިސް ރެއިލްވޭގެ މުވައްޒަފަށް އެއްޗެހިކިޔާ ތަޅާއަނިޔާކުރިއެވެ. އަންހެންމީހާވަނީ ރެއިލްވޭ މުވައްޒަފު މީހާގައިގައި ތަޅާމަންޒަރު ވީޑިިޔޯކޮށް މީސްމީޑިއާއަށް ލާފައެވެ. މިހާރު އެވީޑިޔޯ ވަނީ މީސްމީޑިޔާގައި ވައިގައި ހިފާފައެވެ.