ބޮލީވުޑްގެ ހިޓް ސްޓަރެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރާ ސަލްމާން ޚާން ބައިސްކަލު ދުއްވި ގޮތް ކަމުނުގޮަސްގެން އެތައް ބަޔަކު އެ ވާހަކަދައްކައިފިއެވެ. އަބަދުވެސް ދިރިއުޅުމުގެ ކަންކަން މީސް މީޑިއާއަށް ލަމުން އަންނަ ސަލްމާން އެންމެ ފަހުން ހިއްސާކުރި ވީޑިއޯ ގިނަ ބަޔަކަށް ކަމުނުދިޔައެެވެ.

ގިނަ ބަޔަކު ސައިލްމާން ބައިސްކަލު ދުއްވި ގޮތް ކަމުނުގޮސްގެން އެ ވާހަކަދައްކަމުން ދިޔައީ، އޭނާ އެ ބައިސްކަލު ދުއްވީ ގަވާއިދާގައި ހިލާފަށް ކަމަށް ބުނެއެވެ. އޭނާ ބައިސްކަލު ދުއްވާފައި ވަނީ "ޒިގް ޒޭގް" ގޮތަށެވެ. އަދި އޭނާ ބައިސްކަލު ދުއްވިއިރު، ހެލްމެޓް ނޭޅުންވެސް ވެގެން ދިޔައީ ބޮޑު މައްސަލައަކަށެވެ.

އަދި އެއްބަޔަކު ވަނީ ސަލްމާންއާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް މުމްބާއި ފުލުހުންނަށް މީސް މީޑިއާ މެދުވެރިކޮށް އަންގާފައެވެ. އަދި ސަލްމާންގެ އެ އުޅުން ކަމު ނުގޮސްގެން އެ ވާހަކަވެސް ގިނަ ބަޔަކު ދެއްކިއެވެ.

ޑަބަންގް ފަދަ ފިލްމްތަކުން ގިނަ ބައެއްގެ ސަމާލުކަން ހޯދި ސަލްމާން ދެން އެންމެ އަވަހަށް ފެނިގެން ދާނީ ބާރަތްއިންނެވެ. އަދި ދަބަންގ ތިނެއްގެ މަސައްކަތުގައި އޭނާ ދަނީ އުޅެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޜަޔާން

    ޜޭހުރިބަތޭ ބުނާހެންމާކުރީގެ ވާހަކަތައް ލިޔުން ދޫކޮއްލާފަ އެންމެ ފަހުގެ ޚަބަރުތައް ގެނެސްދޭން އާދަކޮއްބަލަ އެހެންނާފަހެ ދެން އެންމެ އަވަހަށް ފެންބާނީ ބާރަތު އިންނޭ ބުނިއިރު ބާރަތުވަނީ ފިތުރު އީދުގަ އަޅުވާފަ އޭގެ ފަހުން މިހާރު މަހެއް ވަނީ

  2. ލަކީ

    ތީ ބޮޑު ސައިކޯއެއް. ތި ސަލްމާންޚާންއަކީ

    2
    4