އިންޑިއާގެ ހައިދަރު އާބާދުގެ ރެސްޓޯރެންޓަކަށް ހެނދުނު ކާން ދިޔަ މީހެއްގެ ކާ އެއްޗެހި ލަސް ވެގެން އެކަމާއި ޒުވާބު ކުރުމުން އެ މީހާގެ ގަޔަށް ހޫނު ތެޔޮ އެއްޗެއް ޖަހައިފިއެވެ.
އުމުރުން 29 އަހަރުގެ ވިޔަފާރިވެރިއެއް ކަމުގައިވާ މުހައްމަދު ބިން ބަކްޝަދީގެ ގަޔަށް ތެޔޮ އެތި ޖަހާފައި ވަނީ އެ ރެސްޓޯރެންޓެގެ ޝެފެކެވެ.
މި ހާދިސާގައި އެ މީހާއަށް ސީރިއަސް ޒަހަމްތަކެއް ލިބިފައި ވެއެވެ. އެގޮތުން އޭނާގެ މޫނާއި ކަރު ވަރަށް ބޮޑަށް ފިހިފައިވާކަަމަށް ރިޕޯޓްތައް ބުނެއެވެ.
މިދިޔަ ހުކުރު ދުވަހު ހޮޓެލް ހާމާންއިން އޭނާ އޯޑަރުކުރީ ޕޫރީއެވެ. އެ ރެސްޓޯރެންޓުން ބުނާގޮތުގައި 15 މިނިޓް ތެރޭގައި އެ އެއްޗެހި ތައްޔާރު ކުރެވޭނެ އެވެ.
އެހެން ނަމަވެސް އެއަށް އޯޑަރު ކުރިތާ 30 މިނިޓް ވެގެން ދިޔައިރު ބަކްޝަދީއާ ހަމައަށް ކާއެއްޗެހި ނައުމުން އޭނާ ރުޅި ގަދަވީއެވެ.
އެހެންވެ ބަކްޝަދީ ރެސްޓޯރެންޓްގެ ޝެފް އާއި ދިމާލަށް ހަޅެ ލަވައިގަތެވެ. އެކަމާ ރުޅި ގަދަވެގެން އެ ޝެފް ބަކްޝަދީގެ ގަޔަށް ހޫނު ތެޔޮ އެތި ޖެހީއެވެ.
އެ މައްސަލަ ބަކްޝަދީ ވަނީ ފުލުހަށްވެސް ހުށަހަޅާފައެވެ.
ހުންނާނެ މިހާރު ހިތުން ނުފިލާވަރަށް ޕޫރި ކެވިފަ. ކެތްމަދުކަމުން ވާ ގޮތް....
ނިހާނު ވައްޓައެއް ނުލެވޭނެ..