އިންޑިއާގެ ޕަންޖާބީއަށް ނިސްބަތްވާ އުމުރުން އަށް މަހުގެ އަންހެން ކުއްޖެއްގެ ބަރުދަނުގައި 17 ކިލޯ ހުރެގެން އެތައް ބަޔަކު ހައިރާންކޮށްލައިފިއެވެ.

އެ ކުއްޖާގެ ބަރުދަނުގައި އެ ހުރީ އުމުރުން ފަސް އަހަރުގެ ކުއްޖެއްގެ ގައިގާ ހުންނަ ބަރުދަނެވެ. ޗަހަތް ކުމާރް ނަމަކަށް ކިޔާ އެ އަންހެން ކުއްޖާ ވިހޭއިރު ބަރުދަން ހުރީ އާދައިގެ ވަރަކަށެވެ. އެެހެން ނަމަވެސް އުމުރުން އެންމެ ހަތަރު މަހުން ފެށިގެން ޗަހަތްގެ ބަރުދަން އިތުރުވަމުންދާ ކަަމަށް އޭނާގެ އާއިލާއިން ބުނެއެވެ.

"ކޮންމެ ދުވަހަކުވެސް އޭނާގެ ބަރުދަން ދަނީ އިތުރުވަމުން". އުމުރުން 23 އަހަރުގެ އެ ކުއްޖާގެ ބައްޕަ ސުރަޖް ކުމާރް ބުންޏެވެ.

މިހާރުވެސް ޗަހަތްގެ އާއިލާއިން، އޭނާގެ ސިއްހަތާއިމެދު ކަންބޮޑުވެއެވެ. އަދި ދަރިފުޅު ބަރުދަން ބަރުވަމުން ދަނީ ކޮން ސަބަބަކާއި ހެދިކަން އެ މީހުންނަށް ވަނީ ނޭގިފައެވެ.

ޗަހަތްގެ މަންމަ ރީނާ އެންމެ ފުރަތަމަ ވިހެއި ފިރިހެން ދަރިފުޅު ވަނީ މަރުވެފައެވެ. އަދި ޗަހަތްއަށް ވަމުންދާ ގޮތް ފެނިފައި ވަރަށް ބޮޑަށް ކަންބޮޑުވާކަމަށް ރީނާ ވަނީ ބުނެފައެވެ.

"ދަރިފުޅު ކަނީ އާދައިގެ ކުދިން ކާހެން ނޫން. އަބަދުވެސް އުޅެނީ ކާން. ކާން ނުދީފިނަމަ ރޯނެ. އަދި ބޭރަށް ދާންވެސް ރޯނެ، އެކަމަކު އަހަރެމެންނަށް ދަރިފުޅު ގޮވައިގެން ތަންތަނަށް ނުދެވޭ، ހަމައެކަނި ކައިރި ތަންތަނަށް ދަނީ"، ރީނާ ބުންޏެވެ.

އަދި މިހާރުވެސް ޗަހަތްއަށް ސިއްހީ ގޮތުން މައްސަލަތަކެއް ކުރިމަތިވަމުން ދެއެވެ. އެގޮތުން ނޭވާލާން އުނދަގޫވުމާއި ނިދަން އުނދަގޫވާގޮތް ވެއެވެ. އެކަމާ ޑޮކްޓަރުންވެސް ތިބީ ކަންބޮޑުވެފައެވެ. ޗަހަތް ބެލި ޑޮކްޓަރުން ވަނީ އެހެން ހޮސްޕިޓަލަކަށް އޭނާ ގެންދިއުމަށް ލަފާ ދީފައެވެ،

އެހެން ނަމަވެސް އަތުގައި ފައިސާ ނެތުމުން އެ އާއިލާއަށް އެކަން ކުރަން ވަނީ ނުކުޅެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު