ފިލިޕީންސްއަށް ނިސްބަތްވާ ތިން ކުދިންގެ މި ބައްޕަގެ މޫނު ދުޅަވެ އޭނާގެ ސިފަ ގެއްލިއްޖެއެވެ. ބައްޔެއްގެ ސަބަބުން އޭނާގެ މޫނު މިހާރު ވަނީ ކުރިއަށްވުރެ ތިން ގުނަ ބޮޑުވެފައެވެ.

ރޮމުލާ ޕިލަޕިލް ނަމަަަށް އުމުރުން 56 އަހަރުގެ މީހާއަކީ ވަޑާން ކުރުމުގައި އުޅެމުން ދިޔަ މީހެކެވެ. އޭނާ މި ބައްޔާއި ހަނގުރާމަ ކުރަން ފެށުމުގެ ކުރިން، ލޯ ކަހައި، ނޭފަތުން ފެން އަންނަ ގޮތް ވިއެވެ. އެއީ މީގެ ތިން އަހަރު ކުރިއެވެ.

އަދި ރޮމުލާ ބައްޔަކީ ސައިނަސް ކަމަށް ނިންމާ އޭނާއަށް ފުރަތަމަ ބޭސްވެސް ދިނެވެ. އެހެން ނަމަވެސް އޭނާ ރަނގަޅުވާ ގޮތް ނުވިއެވެ. އަދި އެ ބަލި އިތުރަށް ގޯސްވެ އޭނާގެ މޫނު އެއްކޮށް ދުޅަވާން ފެށިއެވެ.

ރޮމުލާ ޖެހިފައި ހުރި އެ ބައްޔަށް އެ ރަށުން ފަރުވާ ނުދެވެއެވެ. އޭނާގެ ބައްޔަކީ ކޮބައިކަން އެ މީހުންނަށްވެސް ނޭގެއެވެ. އަދި މަނިއްލާއަށް ދިއުމަށް ލަފާ ދިނެވެ. އެހެން ނަމަވެސް އެ އާއިލާގެ އަތުގައި އެވަރަށް ފައިސާ ނެތުމުން ނުދެވި ދުވަސްތައް ދިޔައެވެ. އަދި އޭނާގެ ހާލަތު ދިޔައީ އިތުރަށް ގޯސް ވަމުންނެވެ.

އެންމެ ފަހުން ރޮމުލާގެ ލޮލުގެ ފެނުން ދިޔައެވެ. އަދި މަސައްކަތް ކުރުމާއި ދުރަށް ދާން ޖެހުނެވެ. އެއާއެކު ސްކޫލްގައި ކިޔަވަމުން ދިޔަ އޭނާގެ ކުދިން މަސައްކަތުގެ މާހައުލަށް ނުކުންނަށް މަޖުބޫރުވިއެވެ. އަދި އޭނާގެ އަނބިމީހާވެސް މަސައްކަތުގެ މާހައުލަށް ނުކުތެވެ.

ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި، މިހާރު އޭނާގެ ކަންތައް ބަލަމުން ދަނީ އޭނާގެ ދަރިންނެވެ

ރޮމުލާގެ އާއިލާ މީހަކު ބުނީ، މިކަންތައް ދިމާވުމުގެ ކުރިން އޭނާ އެލާޖިކްވީ ކަމަށެވެ. އަދި އެ ދުވަހު އޭނާ ލޯ ވަރަށް ބޮޑަށް ސަކަރާތްވި ކަމަށާއި، ނޭފަތްވެސް ހުރީ ވަރަށް ބޮޑަށް ރަތްވެފައި ކަމަށެވެ. އަދި އޭގެ ހަފްތާއެއް ފަހުން ރޮމުލާގެ މޫނު ދުޅަވާން ފެށި ނަމަވެސް، އެ ޕްރޮވިންސްގައި ހުރި ޑޮކްޓަރުންނަށް އޭނާއަށް ވަމުންދާ ގޮތް ނޭގޭ ކަމަށް އާއިލާ މީހަކު ބުނެފައި ވެއެވެ.

އެ މީހުން އަންގަނީ ރޮމުލާ ބޮޑު ހޮސްޕިޓަލަކަށް ގެންގޮސް ފަރުވާދިނުމަށް އެހެން ނަމަވެސް އާއިލާގެ އަތުގައި އެވަރަށް ފައިސާއެއް ނެތް"

ރޮމުލާ އެންމެ ފަހުން ޑޮކްޓަރަށް ދެއްކީ 2018 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ޑޮކްޓަރަށް ދައްކާފައެއް ނުވެއެވެ. އޭނާގެ އާއިލާގެ އެންމެންވެސް އުއްމީދު ކުރަނީ އޭނާ ރަނގަޅުވާނެ ދުވަހަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އުގޫފާރު މީހާ

    ސުބުހާނަﷲ.

    12
  2. ހުދުހުދު

    ﷲގެ ކުޅަދުން ވަންތަ ވެރިކަން

    9
    2
  3. ސާބޫ

    ރުމާލައް ކިހިނެއްވީއޭ