ދަރިފަނި ނުވަތަ މަންޏަކީ ފިރިހެންމީހާގެ ކުރިމަތި ފަރާތުން އަންނަ އޮލަ ފެނަކަށް ކިޔާ ނަމެކެވެ. އެއީ ހަމަ އެކަނި ކުދިން ހޯދުމާއި ޝައުވާނީ އެދުންވެރިކަން ފުއްދުމަށް ބޭނުންކުރާ އެއްޗެއް ކަމުގައި ގިނަ ބަޔަކު ދެކެއެވެ. ނަމަވެސް އަދުގެ ސައިންސުން މިވަނީ މިކަން ދޮގުކޮށްފައެވެ.

ދަރިފަނި އަންހެންމީހާގެ ހަށިގަނޑަށް ވަނުމުން ބިސް ރަވައިން ބިސް ދޫކުރުމަށް މެދުވެރިކުރުވައެވެ. އެއީ ދަރިފަނި ހުންނަ ފެން (ސިމެން) ގައި އެކުލެވޭ ޕްރޮޓީން ހޯމޯނެއް ފަދައިން މަސައްކަތްކޮށް، އަންހެންމީހާގެ ސިކުނޑިއަށް ސިގްނަލް ފޮނުވާތީއެވެ. މީގެ ސަބަބުން ބިސް ދޫކުރުމަށް މެދުވެރިވެއެވެ.

އަންހެނުންނަށް ޖެހޭ ޑިޕްރެޝަން ނުވަތަ ދެރައާއި ހިތާމަ، ދަރިފަނިން ދަށްކޮށްދެއެވެ. ދިރާސާތަކުން ދައްކާގޮތުގައި މިގޮތަށް ވަނީ އަންހެނުންގެ ހަށިގަނޑަށް ދަރިފަނި ވަނުމަށްފަހު ޕްރޮސްޓަގްލަންޑިން، އޮކްސީޓޮކްސިން އަދި ސެރަޓޯނިން ހޯމޯން އިތުރުކުރާތީއެވެ.

ބޭރުވާ ދަރިފަނިން %90 ދަރިފަނީގައި އައިބެއް ހުންނާނެއެވެ. ނުވަތަ އުފެދިފައި ހުންނާނީ ރަނގަޅަކަށް ނޫނެވެ.

އުފެދޭ ދަރިފުޅު ރަހިމުގައި ހަރުލުމަށް ދަރިފަނި އެހީވެއެވެ.

ދަރިފަނި އެކުލެވޭ ފެނުގައި (ސިމެން) ގައި އެ އެއްޗެހި ރައްކައުތެރިކުރުމަށް އެތަކެއް ސެލްތަކެއް ވެއެވެ. މިއީ އަންހެންމީހާގެ ދިފާއީ ސެލްތަކުން ރައްކައުތެރިކުރުމަށް ހެދިފައިވާ ގޮތެކެވެ.

400 – 500 މިލިއަން ދަރިފަނި ހަށިގަނޑަށް ވަނަސް، އޭގެ ތެރެއިން ބިސްއޯހި (ފެލޯޕިއަން ޓިއުބް) އާ ހަމައަށް ދަނީ ހަމައެކަނި 5- 10 ދަރިފަނިއެވެ. އަދި މީގެ ތެރެއިން ގާތްގަނޑަކަށް ½ ވަގުތުން މަރުވެއެވެ. ދަރިފަނި މަރުވުމަށް ދިމާވާ ސަބަބަކީ އަންހެންމީހާގެ ހަށިގަނޑުގައި ހުންނަ އެސިޑާއި ކެމިކަލް އެވެ.

ދަރިފަނީގެ ކޮލިޓީ އިތުރުވަނީ ޤަވާއިދުން އެ ބޭރުކުރުމުންނެވެ.

އަންހެނުންނާއި ހިލާފަށް ފިރިހެންމީހާ މުސްކުޅި ވިއަސް، ދަރިފަނި އުފެދޭނެއެވެ. އަންހެނުން އުފަންވީއްސުރެ ވަކި ވަރަކަށް ބިސް އުފެދިފައި ހުންނަ އިރު، ދަރިފަންޏަކީ އަބަދުވެސް އުފެދޭނެ އެއްޗެކެވެ. ނަމަވެސް އުމުރުން ދުވަސްވުމުން އޭގެ ކޮލިޓީ ދަށްވާނެއެވެ.

ދަރިފަނީގައި ހުންނަ ވިޓަމިން ސީ، ޒިންކް، ޕްރޮސްޓަގްލަންޑިންސް، އެމީނޯ އެސިޑު އަދި ކޮލޭޖަން އަކީ ހަމަށް ފައިދާ ހުރި އެއްޗެއް ކަމަށް ގިނަ ދިރާސާތަކުން ދައްކައެވެ. މިގޮތުން މި ބޭނުންކޮށްގެން އުފައްދާފައި ހުންނަ ކްރީމްވެސް މިހާރު ވިއްކަން ހުރެއެވެ.

ދަރިފަނީގެ ކޮލިޓީ ދަށްވުމުން ކުއްޖާ ބައިގެން ދިޔުމުގެ ފުރިސަތު ބޮޑުވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މަރީ

    މޫނުގަވެސްއުނގުޅަންވީތިއެއްނު.

    17
    3
  2. ކަމަނަ

    ޢަސްލުވެސް

    4
    1
  3. މ

    ފައިދާ ހުރި މައުލޫމާތެއް

    17
    2
  4. އަޙުމަދު

    މަ ބޭނުން އަންހެނުންގައިގާ އުނުގުޅަން ތީގެ ލޯޝަން ފުޅިއެއް.

    5
    6
  5. Anonymous

    ނިކަމެތިi މުސްކުޅިވީމާ އަންހެނުންނަށް ގެއްލުންދެނީ

    5
    6
  6. ޔާ

    ފިރިހެނުންވެސް ުުުުުުުުުުުުުުުުުުުުުުުުުުުުުު އުމުރު މަތިވެ +50 ވީމަ ދަރިފަނީގެ ބާރު ދައްވާނެ

  7. އަހުމަދު

    ހެޔޮނުވަާނެ ދަރިފަންޏާ ނުބެހޭ. މިހާރުވެސް ދަރިންނާ ބެހޭތީ ސަލާމަތް ނުވެގެން މިއުޅެނީ.

    1
    1