އެކްޓަރެއްްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އުމުރުން 14 އަހަރުގެ ޝިވްލެކް ސިންގ މަރުވެއްޖެއެވެ. އޭނާ މަރުވެފައި ވަނީ އިއްޔެ މެންދުރު ފަހު ހިނގި އެކްސިޑެންޓެއްގަައެވެ.

ސަސުރާލް ސިމާރް ކާ އިން ގިނަބަޔައެއްގެ މަގުބޫލުކަން ހޯދި ޝިވްލެކް މަރުވީ ރައިޕޫރްގެ މަގެއްގެ މަތީގައި ހިނގި އެކްސިޑެންޓެއްގައި ކަަމަށް ރިޕޯޓްތައް ބުނެއެވެ.

އިއްޔެ މެންދުރުފަހު 3:00 ޖެހިހާއިރު އާއިލާއެކު ކާރެއްގައި ދަތުރުކުރަމުންދަނިކޮށް ހިނގި އެ އެކްސިޑެންޓްގައި ޝިވްލެކް ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިންވެސް މަރުވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. އެ ހާދިސާ ހިނގި ވަގުތު އެ ކާރު ތެރޭގައި އޭނާގެ މަންމަ އާއި ބައްޕަ އަދި ބޭބެވެސް އިން ކަމަށް ވެއެވެ. އެ އެންމެންނަށްވެސް އެކި ވަރުގެ އަނިޔާތައް ވަނީ ވެފައެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ ޝިވްލެކް މީޑީއާއާ ވާހަކަދެއްކުމަށް ކުރި ދަތުރެއްގެ ތެރެއިން ކަމަށް ވެއެވެ. މި އެކްސިޑެންޓް ހިނގާފައި ވަނީ ބިލަސްޕޫރް އިން ރައިޕޫރްއަށް ކާރުގައި ދަތުރުކުރަމުންދަނިކޮށް އެ ކާރު ޓްރަކެއްގެ ފަހަތުގައި ޖެހިގެންނެވެ.

ފުލުހުން އެ ޓްރަކް އަތުލުމަށް މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް އަދިވެސް އެ ޓްރަކް ނުފެންނަ ކަމަށް ވެއެވެ.

އޭނާ މަސައްކަތް ކުރި ބައެއް ސީރިސްތަކުގެ ތެރޭގައި ބާލް ވީރް އާއި އަގްނިފެރާވެސް ހިމެނެއެވެ.