އިންޑިއާގެ އުއްތަރްޚާންދުގެ 132 އަވަށުން އަވަށެއްގައި މާބަނޑު އަންހެނުން އަންހެން ކުދިން ނުވިހާތާ ތިން މަސްވެފައިވައިވާ ކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

އޭއެންއައި އިން ރިޕޯޓްކޮށްފައިވާގޮތުގައި، މިދިޔަ ތިން މަސް ތެރޭގައި އެ 132 އަވަށުގައި 216 ކުދިން ވިހާފައި ވެއެވެ. މިއީ ހުަސް ފިރިހެން ކުދިންނެވެ. މީގެ ތެރޭގައި އެންމެ އަންހެން ކުއްޖެއްވެސް ނުހިމެނެއެވެ.

އެ ޑިސްޓްރިކްޓްގެ އޮފިޝަލަކު ބުނެފައިވަނީ، އެ އަވަށްތަކުގައި އަންހެން ކުދިން ނުވިހަނީ ކީއްވެގެންތޯ ބަަލަމުން އަންނަ ކަމަށެވެ. އަދި އެކަމުގެ ދިރާސާތަކާއި، ސާވޭތައް ކުރުމަށް ނިންމާފައިވާކަމަށް އޭނާ ބުނެފައި ވެއެވެ.

މިހެން ދިމާވަނީ ބައެއް މައިން އެ މީހުންނަށް އަންހެން ކުއްޖަކު ލިބެން އުޅޭކަން ދަރިވައްޓާލާތީ އެވެ. އަދި އަންހެން ކުދިންގެ ސަބަބުން އާއިލާއަށް ގެއްލުން ލިބިދާނެ ކަމަށް ބެލުމާއި، އެ ކުދިންނަށް ރައްކާތެރިކަން ދެވިދާނެ ކަމަށް ބިރުން ބައެއް މައިންބަފައިން އަންހެން ކުދިން ބޭނުން ނުވެއެވެ. އަދި ލިބިއްޖެނަމަ ދަރިފުޅު ވައްޓާލައެވެ.

ބައެއް މައިންބަފައިން މިގޮތަށް ކަންތައް ކުރަނީ މަޖުބޫރުވެގެންނެވެ.

އެ ހިސާބުތަކުގައި ގިނަ މީހުން ބޭނުންވަނީ އެ މީހުންނަށް ފިރިހެން ކުދިން ލިބުމަށެވެ. ބައެއް މީހުން ބުނާގޮތުގައި، އެއީ އެ މީހުންގެ ނަސީބެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަލިބެ

    އެއްވެސް ދިރާސާއެއް ކުރާނެ ކަމެއް ނެތް. ތީ ﷲ ގެ ކުޅަދުންވަންތަކަން. ދަރި ވައްޓާލަންޏާ ދެން އެއްވެސް ދަރިއެއް ނުލިބިދާނެ. ދެއްވި އެއްޗަކަށް ޝުކުރު ކުރޭ!. އިންސާނާ ދުނިޔެއަށް ފޮނުއްވަނީ އެމީހެއްގެ ރިޒުގާއެކު. ގިނަ މީހުންނަށް ގިނަ ރޯދި ދެއްވާނެ. އަންހެނެއް ފިރިހެނެއް ކިޔާނެ ކަމެއްނެތް. ހުސް ﷲގެ އަޅުން. ދެރަ ގޮތެއް މިންވަރު ނުކުރައްވާނެ. އިންޑިއާގައި ގިނައީ މޮޔައިން.
    މޯދިއަށް ވަރަށް ސަލާމް

    25
  2. ވަގު އމސޯލިހް

    މޮޔައީ ވަކިވަރަކަށްތަ ދެން އެއްޖިންސުން ގުޅުން ހިންގަން ފެށީމަ އާބާދީ އިތުރުވާނެ ކޮންމެ ފިރިހެނަކަށް އަންހެން ގެރިއެއް ބޭނުންވާނީ

    18
  3. މަކިނބޫ

    ތީ އެއް ޖިންސުން ކައިވެނި ކުރަން ފެށީމަ ވީ ގޮތް ތީ

  4. Anonymous

    މިއީ ބޯދާ ޚީޔާލު ގެންގުޅޭ ރޭޕިސްތާނެއް. ޖާހިލީ ޒަމާނުގައި މިފަދަ ކަންކަން ގަބޫލު ކުރާ ބަޔަކު އުޅުނު. އެފަދަ ބައެއްމީ.

  5. އަހަރެން

    ދުވަސްކޮޅަކުން ރާއްޖޭގަވެސް ތިކަން ކުރާނެހެން ހީވޭ..