ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ ބޮލީވުޑްގެ ފިލްމީ ތަރި ސޮނާލީ ބެންޑްރޭ މާޔޫސް ކަމުން ދުރުވާން ޖިމަށް ދާން ފަށައިފިއެވެ.

"ހައި ގްރޭޑް ކެންސަރު" ޖެހި މިދިޔަ އަހަރުގެ މެދު ތެރެއިން ފެށިގެން ފަރުވާ ހޯދަމުން އަންނަ ސޮނާލީ އިންސްޓަގުރާމްގައި ބުނެފައިވަނީ މި ދުވަސްކޮޅު ވަރަށް މާޔޫސް ކަމާއި ކުރިމަތިލަމުން ދާކަމަށާއި މި ކަމުން ދުރުވާން ޖިމަށް ދާން ފަށާފައިވާ ކަމަށެވެ.

ސޮނާލީގެ ގިނަ ފޭނުންވަނީ ސޮނާލީގެ މި ނިންމުމަށް ހިތްވަރުދީ ކޮމެންޓް ކޮށްފައެވެ. ސޮނާލީ ވަނީ އެންމެންގެ އަޅާލުން ބޭނުންވާ ކަމަށް ވެސް ބުނެފައެވެ.

https://www.instagram.com/iamsonalibendre/?utm_source=ig_embed&ig_mid=XSxAaAABAAGBwvtIMkw0YvdwzOZz

ކެންސަރު ބައްޔާއި ހަނގުރާމަ ކުރަމުން އަންނަ ސޮނާލީ އެނބުރި އިންޑިއާއަށް އައީ މިދިޔަ ޑިސެމްބަރު މަސް ތެރޭގައެވެ. އޭނާ ކެންސަރަށް ފަރުވާ ހޯދަމުން ދިޔައީ ނިއުޔޯކްގައެވެ. އޭނާ ނިއުޔޯކްގައި ހުރި ދުވަސްވަރު ހާލަތު ބަޔާންކޮށް އަބަދުވެސް ޕޯސްޓް ކުރަމުން ދިޔައެވެ.

ސޮނާލީ ބުނިގޮތުގައި، ކެންސަރު ބަލި ޖެހުމުން ކުރިން އެފަދަ ބައްޔެއް ޖެހިދާނެހެން ހީވެސް ނުވެއެވެ. ނަމަވެސް ކުއްލިއަކަށް ޖެހުނު އެ ބައްޔާއެކު ދިިރިއުޅުމަށް ބޮޑު ބަދަލެއް އައިސް، ރައްޓެހިންނާއި އާއިލާގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުން އަންނަކަން އޭނާ ފާހަގަކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު