އިންޑިއާގެ ނޮއިޑާގައި އެކަނި ގޭގައި އުޅެމުންދިޔަ އުމުރުން 10 އަހަރުގެ ފިރިހެން ކުއްޖާ ދަންޖެހުނީ ޓީވީ ދެއްކި އެއްޗެއް ސަބަބުން ކަމަށް ވެދާނެ ކަމަށް ފުލުހުން ބުނެފިއެވެ.

އެ ކުއްޖާ ދަންޖެހިފައި ހުއްޓާ ފެނިފައި ވަނީ މިިދިޔަ ބުދަ ދުވަހުގެ ހެނދުނުއެވެ. އެ ކުއްޖާ ދަންޖެހިފައި ހުއްޓާ ފެނުނީ އޭނާގެ މަންމަ އަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މިކަންތައް ދިމާވީ މައިންބަފައިން މަސައްކަތުގެ އުޅުނު ވަގުތުގައެވެ.

ފުލުހުންނާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި، ގްރޭޑް ހަތަރެއްގައި ކިޔަވަމުންދާ އެ ކުއްޖާ އޭނާގެ ބައްޕަ ކައިރީގައި އޮޓޯ ދުއްވަން ދާންވެސް އެދުނެވެ. އެހެން ނަމަވެސް ވާރޭ ވެހޭތީ އެ ކުއްޖާގެ ބައްޕަ އޭނާ ކައިރީގައި ބުނީ، ގޭގައި ޓީވީ ބަލަން އިނުމަށެވެ.

ގޭގޭގައި ކުރާ މަސައްކަތުގައި އެހީތެރިވެ އުޅޭ އެ ކުއްޖާގެ މަންމަ ރޭޚާ ގެއަށް އައިރު އޭނާގެ ދަރިފުޅު ދަންޖެހިފައި ހުއްޓާ ވަނީ ފެނިފައެވެ. އޭނާ ދަން ޖެހުމަށް ބޭނުންކޮށްފައި ވަނީ ހެދުމެކެވެ.

އެ މަންޒަރު ފެނުމާއެކު އޭނާ ސަލާމަތް ކުރުމަށް ރޭޚާ މަސައްކަތް ކުރިއެވެ. އަދި އޭނާ ގޮވައިގެން ހޮސްޕިޓަލަށް ގެންދިޔައެވެ. އެހެން ނަމަވެސް ޑޮކްޓަރުން ވަނީ އެ ކުއްޖާ ގެނައި އިރުވެސް މަރުވެފައިވާކަމަށް ބުނެފައެވެ.

ޓީވީިން ކުޑަކުދިން ބަލާ އެއްޗެއްސަށް ސަމާލުކަން ދިނުން މުހިންމެވެ. މީގެ ކުރިންވެސް ޓިވީން އެއްޗެހި ބަލައިގެން މިކަހަލަ ހާދިސާތައް ހިނގާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު