ވަރަށް އަވަހަށް ދަރިފުޅާ އެކު ފިލްމަކުން ފެނިގެންދާނެ ކަމަށް މަޝްހޫރު އެކްޓަރ އަދި ޑައިރެކްޓަރ އަހުމަދު ނިމާލް ބުނެފިއެވެ.

އިއްޔަ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ނިމާލް ބުނީ ކުރިއަށް އޮތް ޕްރޮޖެކްޓްގެ ހުރިހާ ކަމެއް ފައިނަލް ކުރެވިއްޖެ ކަމަށާއި އެއީ އޭނާގެ ދަރިފުޅު ޖުމައިޔަލް ނިމާލް އާއެކު ފެނިގެންދާނެ ފުރަތަމަ ފިލްމު ކަމަށެވެ.

އަދި އެ ފިލްމުގެ ޝޫޓިން ކުރިއަށް ގެންދަން ނިންމާފައިވަނީ ރާއްޖެއާއި އަވަށްޓެރި ސްރީލަންކާގައި ކަމަށްވެސް ނިމާލް ބުނެފައިވެއެވެ.

މީގެ ކުރިން ރަސްމީ ސިފައެއްގައި މި ދެތަރިން އެއްފިލްމަކުން ފެނިފައެއް ނުވެއެއެވެ. ނަމަވެސް ޑާކްރެއިން އެންޓަޓެއިންމެންޓުން އުފައްދާފައިވާ ފިލްމެއްގެ މަންޒަރަކުން މި ދެތަރިން ފެނިގެން ގޮސްފައިވެއެވެ.

ނިމާލް އޭނާގެ ދަރިފުޅާއި އެކު ކޮށްފައިވާ ޕޯސްޓުގައި ދެބަފައިން އެކުގައި ފެނިގެންދާނެ ފިލްމުގެ އިތުރު މައުލޫމާތެއް ހިމަނާފައެއް ނުވެއެވެ،

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފިލާވަޅު

    ދަރިފުޅާއެކު ހައްޖައްގޮސް ހުއްޓާ ފެނިދާނޭބުނިނަމަ މަވަރަށް އުފާވީސް! މިކަހަލުގެ މައިންބަފައިން ތިބުމަކީ ދަރިންނަށް އާހިރަތުން ގެއްލުމާ ކުރިމަތިވާނެ ކަމެއް!