އިންޑިޔާގައި މަތިމަހަކީ ވަރަށް އާންމު ފެޝަނެކެވެ. އެގޮތުން އިންޑިޔާގެ ކޮންމެ ސަރަހައްދެއްގެ މަގުތައްމަތިންވެސް މަތިމަހެއް ނެތް ފިރިހެނަކު ނުފެނި ދިޔުމަކީ ވަރަށް ނާދިރުކަމެކެވެ. އެކަމަކު މިއީ ކިހިނެތްވާކަމެއް ހެއްޔެވެ. އިންޑިޔާގައި އާންމުންގެ މެދުގައި މަތިމަސް ބެހެއްޓުން އެހާ މަގުބޫލުވެފައި މިވަނީ ކީއްވެގެން ހެއްޔެވެ.

އެ ސުވާލަށް އެކި ޖަވާބުތައް ލިބިގެންދާއިރު އެންމެ އާންމު އެއް ޖަވާބަކީ އިންޑިޔާއަށް އެންމެ ފުރަތަމަ މަތިމަހުގެ ފެޝަން ތައާރަފްވެފައިވަނީ އިނގިރޭސީން އިންޑިޔާގައި ހޭދަކުރި ދުވަސްތަކުގައެވެ. އެ ދުވަސްވަރު އިނގިރޭސިވިލާތުން އިންޑިޔާއަށް އައި އިނގިރޭސި ސިފައިންނަކީ ވަރަށް ރީތިކޮށް އަދި ސާފުތާހިރުކޮށް މަތިމަސް ބަހައްޓާ ބައެކެވެ. އެހިސާބުން މަތިމަސް ބެހެއްޓުން އިންޑިޔާގައި މަޑުމަޑުން ފެޝަނަކަށްވާން ފެށިއެވެ.

އަނެއްބައި މީހުން ބުނާގޮތުގައި މަތިމަސް ބޭލުމަކީ އިންޑިޔާގައި އާންމުކޮށް އާއިލާގެ ގާތް މެންބަރަކު މަރުވުމުން ކުރެވޭ ކަމެކެވެ. އެގޮތުން އިންޑިޔާގައި އޮންނަ ކުރީ ޒަމާނުގެ ވާހަކައެއްގައި ރަސްގެފާނަކު ވަނީ އާއިލާގެ މެންބަރަކު ނިޔާވުމުން މަތިމަސް ބޭލުމަށް އޭނާގެ ރަސްކަމުގެ އެންމެންނަށް އަންގައިފައެވެ.

އޭނާގެ ފަރާތުން ވަކި ސަރަހައްދަކާއި ހަވާލުވެހުރި އިސް ފަރާތެއް އެކަމަށް ދެކޮޅު ހެދުމުން ރަސްގެފާނު އޭނާއަށް އެކަން ކުރުމަށް މަޖުބޫރުކުރުވިނަމަވެސް އޭނާ ވަނީ ފަހުން ރަސްގެފާނާއި ވާހަކަދައްކައިގެން ބުއްދި ބޭނުންކޮށްގެން އެކަމުން ސަލާމަތްވެފައެވެ. އެހިސާބުން ގާތްތިމާގެ މީހަކު ނިޔާވުމުގެ އާދައެއްގެ ގޮތުން އެކަނި މަތިމަސް ބޭލުމަށް އިންޑިޔާގައި އާދަވެފައި އޮންނަކަމަށް ތާރީހް ދިރާސާކުރާ ބައެއް ފަރާތްތަކުން ވަނީ ލަފާކޮށްފައެވެ.

ކޮންމެ ގޮތަކަށްވިޔަސް މަތިމަހުގެ ފެޝަން އަދިވެސް އޮތީ އަވަސް ހާލަތެއްގައި އިންޑިޔާއިން ނެތިގެންދާފަދަ ގޮތަކަށް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުހައްމަދު

    ހެހެހެ.... ކެޔޮއަރިއެއް މިވެސް ބައެއް ދިވެހިންނަށް އޯކޭ... ހެހެހެ

    7
    1
  2. މޯދީ

    ގެރިޔާ ވައްތަރުވާންވެގެން.

  3. ޖިންނި

    ބަލަ އިންޑިޔާއަށްވުރެ ކުރިން އެކަން ކުރީ ފާރިސީންގެ މަޖޫސީ ން... އެހެންވެ އެމީހުނާ ޚިލާފުވާން ޙަދީސްގަވެސް މަތިމަސް ކުރުކުރަން އެންގެވީ