އެމެރިކާގެ މިނެއްސޮޓާގައި މާބަނޑު އަންހެނަކު އޭނާގެ ތިން އަހަރުގެ ދަރިފުޅު ގޮވައިގެން މޫދަށް ދިޔައީ ދަރިފުޅަށް ފްލޯޓް ކުރަން ދަސް ކުރުމަށެވެ. އެހެން ނަމަވެސް އޭނާއަށް އެކަން ކުރަން މާ ގިނަ ވަގުތަކު ނުހުރެވުނެވެ. ކުއްލިއަކަށް އޭނާއަށް އިވުނު އަޑަކީ އަންހެނެއްގެ ރުއިމުގެ އަޑެވެ. އެ އަންހެން މީހާ އެދެމުން ދިޔައީ އޭނާގެ ދަރިފުޅު ސަލާމަތް ކޮށްދިނުމަށެވެ.

މިކަން ހިނގީ ކްރިސްޓަލް ބީޗް ޕާކްގައެވެ. އެއިރު ސްޓެފެނީ ނަމަކަށް ކިޔާ މި އަންހެން މީހާ އޭނާގެ ދަރިފުޅަށް ފްލޯޓް ކުރުމަށް ދަސްކޮށްދޭށެވެ. އޭނާ މޫދުގައި ހުއްޓާ އަންހެނެއްގެ ރުއިމާއި، ހަޅޭކުގެ އަޑު އިވެގެން ދިޔައެވެ.

“އަހަންނަނަށް ފެނުނީ މޫދާއި ދިމާލަށް އަންހެނަކު ދުވަފައި އަންނަތަން، އޭނާގެ ދަރިފުޅަށް އެހީވުމަށް އެދި، ދެން އަހަންނަށް ފެނުން ފިރިހެން ކުއްޖަކު މޫދުގެ ގެނބެގެން ދާ ތަން". ކުރިން ލައިފްގާޑެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ސްޓެފެނީ ބުންޏެވެ.

ސްޓެފެނީ ބުނީ، އޭނާ ވަގުތުން އޭނާގެ ދަރިފުޅު އެހެން މީހެއްގެ އަތަށް ދިނުމަށްފަހު އެ ކުއްޖާ ސަލާމަތް ކުރަން ދިޔަ ކަމަށެވެ. އަދި އެ ކުއްޖާ ސަލާމަތުން ގެނައުމަށްފަހު، ފަތަން ދަސް ކުރުމަށް އެ ކުއްޖާއަށް ކިޔާދިން ކަމަށް އޭނާ ބުންޏެވެ.

ސްޓެފެނީގެ މަސައްކަތް ގިނަ ބަޔަކު ބަލައިގެންފިއެވެ. މިދިޔަ އާދީއްތަ ދުވަހު މި ހާދިސާ ހިނގިއިރު، އޭނާގެ ބަނޑަށް 34 ހަފްތާއެވެ.

ކިޔުންތެރިންގެ ހިޔާލު