ފަހަކަށް އައިސް ބައެއް ޒުވާން ކުދިންނަށް ހީވެފައި އޮންނަނީ ތަރުކާރީ އާއި މޭވާ ފަދަ ހަށިގަނޑަށް ފައިދާ ހުރި އެއްޗެހި ކެއުމަކީ މުސްކުޅިން ކުރާ ކަމެއްގެ ގޮތުގައެވެ. ނަމަވެސް، މިފަދަ އެއްޗެއްސަށް "އިއު" އޭ ބުނެ ދުރުގައި އުޅޭ އިރު އެކުދިންނަށް ނޭނގޭ ކަމަކީ މިފަދަ އެއްޗެހި ނުކަނީ ނަމަ މުސްކުޅި ވާލެއް އަވަސް ވާނެ ކަމެވެ.

ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ވެނީލާ އައިސްކްރީމް ދޮންކެޔޮލޭ ބުނެފިއްޔާ ދޮންކެޔޮ ނުކާ މީހަކުވެސް އޭތި ކާނެ ކަމެވެ. ކޮންމެއަކަސް، މިފަދަ ދޮންކެޔޮލަކީ ހުންނަ އެއްޗެކެވެ. އާއްމު ގޮތެއްގައި ދެކުނު އޭޝިއާގައި ހެދޭ މި މޭވާ ހުންނަނީ އެހެން ދޮންކެޔޮތަކާއި ހިލާފަށް ނޫ ކުލައިގެވެ. ބުލޫ ޖާވާ ބަނާނާގެ ނަމުން ނަންދެވިފައިވާ މި ދޮންކެޔޮލުގައި ވެނީލާ އައިސް ކްރީމް ރަހަ ދޭ އިރުގައި، އެތައް ބަޔަކަށް މި މޭވާ ވަނީ ވަރަށް ބޮޑަށް ކަމު ގޮސްފައެވެ.

ސެންޓްރަލް އެމެރިކާގަ އާއި އެނޫންވެސް ޓްރޮޕިކަލް ގައުމު ތަކުގައި މި މޭވާ އާލާ ކުރަމުން އައި ނަމަވެސް، މިއީ އަދިވެސް ވަރަށް ތަދު މޭވާ އެކެވެ. ކައި ނިންމައި ލުމަށްފަހު މީހާ ފަލަކޮށްދޭ އައިސް ކްރީމް ބުއިމުގެ ބަދަލުގައި އައިސް ކްރީމް ރަހަ ދޭ މޭވާ އެއް ކާލުން ކިހައި ރަނގަޅު ހެއްޔެވެ؟ އެހެންކަމުން މީގެ ގަހެއް އިންދުމުގެ މަސައްކަތް އަވަހަށް ފަށަންވީ އެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަލީ

    ތިހެން ބުންޔޭ ކިޔާފަ އިންދޭތަ؟ ރާއްޖޭގަނެއް އެއްޗެ!

    17
  2. ޢައިބާ

    ކޮންތާކުން ހޯދާނީ ، ތީގެ ގަހެއްލިބޭނެތަނެއްވެސް ހާމަކޮއްލިނަމަދޯ

    13
  3. ޖުލައި

    ގަސް ހުރި ގައުމު ބުނީ ދޯ އިނގޭ ނީ

    13
    1
    • ވާހަކަ

      އާއްމު ގޮތެއްގައި ދެކުނު އޭޝިއާގައި ހެދޭ މި މޭވާ ހުންނަނީ އެހެން ދޮންކެޔޮތަކާއި ހިލާފަށް ނޫ ކުލައިގެވެ. ބުލޫ ޖާވާ ބަނާނާގެ ނަމުން ނަންދެވިފައިވެއެވެ.

  4. އުގޫފާރު މީހާ

    މާޝާﷲ. ހާދަ ފުރިހަމައޭ.

    36
  5. ހުސޭނުބޭ

    ރާއްޖޭގައި ތި ހައްދައިގެން އުފަލެއްނެތް! ގަންނަ އިރު ހުންނާނީ ގަރަގުއި ކުލާގައި! އަތުޖެހޭއިރަށް އަވަހަށް ދޮންކުރަން ފުރަތަމަވެސް އިންޖެކްޓްކުރާނީ ޕޯސްލިން!

    20
  6. ހަސަންބެ

    ދޮން ކެޔޮލަކީ ނުބައި ގޮތް ، ރަނގަޅު ގޮތަކީ ދޮންކޭލަކީ އެވެ.