އިންޑިއާއަށް ނަމިތާ ވަރްމާ ރަޖެޝްއަކީ އޮންލައިން ފައިނޭންސް ކުންފުންޏެއްގައި މަސައްކަތް ކުރަމުން އަންނަ ޒުވާން އަންހެެނެކެވެ. މިއަދު އޭނާގެ ވާހަކަ އެތައް ބައެއްގެ ސަމާލުކަމަށް އައިސްފިއެވެ. އޭނާގެ ވާހަކަ މީޑިއާތަކުގެ ސުރުހީ އިން ޖާގަ ހޯދިއިރު، އޭނާގެ ފޮޓޯ ވެގެން ދާނީ އެތައް ބަޔަކަށް އިންސްޕިރޭޝަންއަކެވެ.

އޭނާ ވަނީ މިހާރު ކެންސަރު ބައްޔާއި ހަނގުރާމަ ކުރަމުންދާ އޭނާގެ މައިދައިތަ އަށް ސަޕޯޓް ދިނުމަށް، އޭނާގެ އިސްތަށިގަނޑު ބާލާފައެވެ. އަދި އޭނާ ބޭނުންވަނީ އެ އިސްތަށިގަނޑު މައިދައިތައަށް ހަދިޔާ ކުރާށެވެ.

ނަމިތާގެ މައިދައިތަ ކެންސަރަށް ފަރުވާ ހޯދަމުން އަންނައިރު، އޭނާއަށް ކީމޯ ތެރަޕީ ދޭން ފެށުމުން ބޮލުން އިސްތަށިފައިބަން ފަށާނެކަން ނަމިތާއަށް އެނގެއެވެ. އެހެންވެ އޭނާ ބޭނުންވީ އޭނާ މައިދައިތައަށް ސަޕޯޓް ދޭކަން އަންގާށެވެ.

ނަމިތާ ބުނީ، އެ ބައްޔާއި ހެދި މައިދައިތަ ބިރުވެރި ކަމެއްގައި އުޅެން އެ މީހުން ބޭނުންނުވާ ކަމަށެވެ.

"މަންމަ ބޮލުން އިސްތަށި ފައިބަން ފެށުމުން އަހަރެން ބުނާނަން މަންމަ ކައިރީ، އަހަރެންގެ ބޮލަށްވެސް ބަލާށޭ"

ނަމިތާ ބުނީ، އޭނާ މި ކުރި ކަންތައްތަކުން އެހެން ބަޔަކަށް މީގެން ފިލާވަޅެއް ލިބޭނެކަމަށް އުއްމީދު ކުރާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބޮނު

    މިހާވަރަކަށް ދިވެހިން ލޯތްބެއް ނުވާނެ

    10
    1
    • ގޮނު

      މިކަހަލަ ތާކުންތާކު ނުޖެހޭ ލޯބި ދިވެހިންނުވާނެ. އެއިސްތަށިގަނޑު މައިދައިތަގެ ބޮލުގައި ހަރުކުރެވޭނެތަ.؟ އިންޑިޔާގެ މޮޔަ ގެރިތައްކުރާމޮޔަ ކަންތައް ދިވެހިންކުރާކަށްވެސް ނުޖެހޭ.

      5
      3
  2. ނަބާ

    ބޮނު” އަހަރެން ލޯބިވޭ އެކަމަކު ނެތީ މައިދައިތަ އެއް!!