އުމުރުން 43 އަހަރުގެ މުމްބާއިއަށް ނިސްބަތްވާ މީހެއްގެ މަރުގެ ހަބަރު ވަޓްސްއެޕްގެ މެސެޖަކުން ދައުރުވާން ފެށުމާއެކު، އޭނާ ދިރިހުރިކަން އަންގަން އުނދަގޫ ވަގުތުތަކެއް ހޭދަކޮށްފިއެވެ.

ރަވިންދްރާ ދުސަންގް ބުނީ، އޭނާގެ މަރުގެ ހަބަރު އޭނާއަށްވެސް ލިބުނީ ވަޓްސްއެޕް މެސެޖެއްގެ ޒަރިއްޔާއިން ކަމަށެވެ. އަދި އާއިލާ މީހުންނަށް އެ ހަބަރު ލިބި، އެކަން އެ މީހުން ގަބޫލުކުރި ކަމަށާއި، އޭނާ ދުނިޔޭގައި ހުރިކަން އަންގަން ވަރަށް މަސައްކަތް ކުރި ކަމަށް އޭނާ ބުނެފައި ވެއެވެ.

އޭނާގެ މަރުގެ ހަބަރާއެކު 400 މެސެޖް އެ އާއިލާގެ އެކި މީހުންނަށް ކުރިއެވެ. އަދި އޭނާގެ މަރުގެ ހަބަރު ވަޓްސްއެޕްގައި ވަރަށް ބޮޑަށް ވަރިއަލް ވިއެވެ.

އޭނާ އިތުރަށް ބުނީ، ރަހުމަތްތެރިންވެސް އެ މެސެޖުގެ ވާހަކަދެއްކުމުން އޭނާއަށް ވަރަށް ބޮޑަށް ހެވުނު ކަމަށެވެ. އަދި އެކަން ފުލުހުންގެ ސަމާލުކަމަށްވެސް އޭނާ ަނީ ގެނެސްފައެވެ.

"އަހަރެން މިހާރު ވަރުބަލިވެއްޖެ މީހުންނަށް އަހަރެން ދުނިޔޭގައި ހުރިކަމުގެ ހަބަރު ދީދީ، އަހަންނަށްވެސް އެ މެސެޖުގެ ވާހަކަތައް އަޑުއިވުނު" އޭނާ ބުންޏެެވެ.

މި ވާހަކަތައް ފެތުރުނީ މިިދިޔަ އާދީއްތަ ދުވަހުއެވެ. އެއިރު އޭނާ ހުރީ އަބިމީހާއާއި ދެ ދަރިންނާއެކު އަނބިމީހާގެ އާއިލާ މީހުންގެ ގޭގައެވެ.

އޭނާ ބުނިގޮތުގައި، އެ ވާހަކައިގެ ފޮޓޯ އޭނާއަށް މެސެޖު ކުރީ ބޭބެ ކަމަށެވެ. އަދި މަންމައަށް އެ ހަބަރު ލިބުނު ނަމަ މަންމަ ހުންނާނީ ޝޯކެއް ޖެހިފައި ކަމަށް އޭނާ ބުންޏެވެ.

"ކޮންމެެވެސް މީހަކު އަހަރެންގެ ފޮޓޯ ފޭސްބުކް އިން ނަގައިގެން އަހަރެންގެ މެސެޖްތައް ދައުރު ކުރަން ފެށީ". އޭނާ ބުންޏެވެ.