މާބަނޑު މީހުން ގަންގާ ކޯރުން ފެން ބޮއިފިނަމަ ސިޒޭރިޔަން ނަހަދާ ޤުދުރަތީ ގޮތުން ވިހޭނެ ކަމަށް އިންޑިޔާގެ ވެރިކަން ކުރާ ޕާޓީ، ބީޖޭޕީއަށް ނިސްބަތްވާ އިންޑިޔާގެ ޤާނޫން ހަދާ މަޖިލީހުގެ މެންބަރަކު ބުނެފިއެވެ.

އުތުރަކަންޑްގެ މަޖިލިސް މެންބަރު އަޖޭ ބަޓް ބުނެފައިވަނީ، މާބަނޑު ދުވަސްވަރު ގަންގާ ކޯރުން ފެންބޯނަމަ ސިޒޭރިޔަން ހައްދަން ނުޖެހޭނެ ކަމަށާއި އަދި ހަރުފަ ވިހަފަ ވިހަ ލުމުން ގަންގާ ކޯރުގެ ގަލުން ހޭކުމުން ރަނގަޅުވާނެ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

އޭނާ މިހެން ބުނެފައިވަނީ އިންޑިޔާގެ އަަވަށްތަކަށް އޭނާ ކުރަމުން އަންނަ ޒިޔާރަތުގެ ތެރެއިންނެވެ.

މަޖިލިސް މެންބަރަކު މިފަދަ ގޮތަކަށް ވާހަކަ ދެއްކުމުން ގިނަ ބަޔެއްގެ ފާޑު ކިޔުން އޭނާއަށްވަނީ އަމާޒުވެފައެވެ. މިގޮތުން ގިނަ ބަޔަކު ބުނަމުން އަންނަނީ، މިއީ އެއްވެސް ގޮތަކަށް މަޖިލިސް މެންބަރަކު ދައްކައިގެން ވާނެ ވާހަކައެއް ނޫން ކަމަށާއި މިފަދަ ވާހަކަތަކުން މިޖުތަމަޢުގައި މިފަދަ ފްލޯކް ވާހަކަތައް އާއްމުވާ ކަމަށެވެ.

ގަންގާ ކޯރު މިހާރު ތަޣައްޔަރުވެފައިވާކަން ފާހަގަކޮށްލެވެއެވެ. މިހެންކަމުން މިތަނުން ފެންބުއިމަކީ ސިއްޙީ ގޮތުން އެހާ ރަނގަޅު ކަމެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ޒަމްޒަމް ފެނަށްވުރެވެސް މާތްވީތަ؟

    15
    1
  2. މޯދީ

    ގަންގާ ޖަމްނާ ސޭ ބަޅީހޭ.

  3. ެަހުމަދުއުބަރި

    އާ އެގެންބުއިމުން ވަގުތުން ދަރި ވެއްޓޭނެ. އެހާވެސް ނުރައްކާ

  4. ލޮލް

    މި މީހުން ހިތުން ޒަމްޒަމް ފެން ވަޅަށްވުރެންވެސް މާތްވީޔޯލަ ތި ޖަމުނަަ ގެރި ކޯރު!!!
    ބޮޑު ބުއްދާ ފެންވަރުވާތީވެ މާތްވީ ހަހަހަ ލޮލް ލޮލް،