ބައެއް މީހުން އަބަދުވެސް ވަކި ވަގުތެއްގައި ބަނޑުހައިވާތީ ޝަކުވާ ކުރެއެވެ. އެންމެ ގިނައިން ބަނޑުހައިވާ ކަމަށް ގިނަ މީހުން ޤަބޫލު ކުރަނީ ހަވީރު ވަގުތު ތަކުގައެވެ. މިއީ މައްސަލައެއްވެސް ނޫނެވެ.

ހަވީރުގެ ވަގުތު ތަކުގައި ބަނޑުހައިވުމަކީ ހޯމޯންއެއްގެ ސަބަބުން ކަމެކެވެ. "ހަންގާ ހޯމޯން" ނަމަކަށް ކިޔާ މިހޯމޯންއަކީ ބަނޑުހައިހޫނުކަން އިޙްސާސްކޮށްދިނުމަށާއި މިހާ ލޮޑުކޮށްލުމަށް ހަށިގަނޑުން އުފައްދާ ހޯމޯންއެކެވެ. މިހޯމޯންގެ ސަބަބުން މީހާގެ ކެޔުމަށް ބާރުއަޅަައެވެ. ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި މި ހޯމޯން ބޮޑަށް ހަށިގަނޑުގެ ތެރެއަށް ދޫވަނީ ހަވީރުގެ ވަގުތު ތަކުގައެވެ. ވަކިން ޚާއްސަކޮށް އިރުއޮއްސޭ ގަޑީގައެވެ.

މީހާގެ ހަށިގަނޑަށް އިރުއޮއްސޭ ވަގުތު ވަރުބަލިކަން އިޙްސާސްވަނީ މިސަބަބާހުރެއެވެ. މިވަގުތު ކެޔުމަކީ ވަރަށްވެސް ބުއްދިވެރިކަމެކެވެ. އަދި ހަވީރު ވުމުގެ ކުރިން އެހާ ގިނަ ނޫން މިންވަރަކަށް ކެޔުމަކީވެސް ކުރެވިދާނެ ކަމެކެވެ. އޭރުން އިރުއޮއްސޭ ވަގުތު މާގިނައިން ކެޔުމުން ދުރުވެވޭނެއެވެ. އަދި މިވަގުތު ގިނައިން ފެން ބުއިމަށް އާދަ ކުރާށެވެ. ސަބަބަކީ މިވަގުތު މާގިއިން ކައިފިނަމަ ހަށިގަނޑު ފަލަވެ، އިތުރު ބަލިތަކާއި ކުރިމަތި ލާންޖެހިދާނެއެވެ.

ކެޔުމަށް ސަމާލުވުމުގެ އިތުރުން މިވަގުތު ކަސްތަރުކޮށްލުމަކީވެސް ބުއްދިވެރިކަމެކެވެ ކަމެކެވެ. މިވަގުތު ހަށިގަނޑުން ތަފާތު އެތައް ހޯމޯން އެއް ރިލީސް ކުރާނެއެވެ.