ޗުއްޓީއަށް އަރާމުކޮށްލަންދާ ދަތުރު ނިންމާފައި އެބުރި ރަށަށް އަންނައިރު ހުންނަނީ މުޅި ގައިގަ ރިއްސާ މީހާއެއްކޮށް ވަރުބަލި ކޮށްލާފައި އެވެ. ގިނަފަހަރަށް މިއީ ފަރުވާ ކުޑަވެގެންވާ ކަންކަމެވެ، ނަމަވެސް މިއީ ކުޑަ ހިތްވަރަކާއިއެކު ހައްލުކުރެވޭނެ ކަންކަމެވެ.

ފުރަތަމަ ކަމަކަށް ދަތުރުކުރާއިރު ދަބަހަށް އިތުރު އެއްޗެއް ނުލެވޭ ވަރަށް ސާމާނު އަޅާ ފުރާނުލާށެވެ. ހާއްސަކޮށް އަބަދު ގެންގުޅޭ ދަބަހަށް ވީހާވެސް ލުއިކޮށްފައި އެކަމަށް ފުރޮޅުލީ ދަބަހެއް ބޭނުންކުރާށެވެ. ދަބަސް ކޮނޑުގައި އަޅުވައިގެން އުޅޭ ވަގުތު ވެސް މަދުވާނެއެވެ،

ދެން އެންމެ މުހިިއްމު ކަމަކަށް ގޮނޑީގައި އިށީންނަ ވަގުތުތަކުގައާއި ކޮޅަށް ހުންނަ ވަގުތު ތަކުގައި ތެދަށް ހުރުން މުހިންމެވެ. ގޮނޑީގައި ނަމަ ލައްވެގެން ބުރަކަށި ތެދުކޮށްގެން އިނުމަށް އާދަކުރާނަމަ ބުރަކަށީގަ އާއި ކަނދުރާގައި ރިހުން ކުޑަވާނެއެވެ. އޭގެ އިތުރުން މަތިންދާބޯޓުގައާއި ކާރުގެ ދަތުރު ނިމުމުން މޯޅިއެއް ދެމިލައި ހަށިގަނޑު ސްޓްރެޗް ކޮށްލާށެވެ. އަދި ކަރާއި ކަނދުރާގެ ކަސްރަތެއް ކޮށްލުމަކީވެސް މުހިއްމު ކަމެކެވެ.

އޭގެ އިތުރުން ދިގު ދަތުރެއްގައި ހިނގާފައި އުޅޭނަމަ ގަޑިއަކު އެއްފަހަރު ފައިގެ ކުޑަ ކަސްރަތެއް ކޮށްލައި ދޭތެރެ މެދުން ބުރޭކް އެއް ނަގާލާށެވެ. ހަމައެފަދައިން ދަތުރުމަތީގައި ކުދި ކުދި ބުރޭކް ނަގާލާށެވެ.

ހަމައެފަދައިން ހަށިގަނޑު ތާޒާކޮށް ބެހެއްޓުމަށް ގިނައިން ފެން ބޯން ޖެހޭއިރު ހާއްސަކޮށް ދަރުތުމަތީގައި ކޮންމެ ދުވަހަކު 2 ލީޓަރ ފެން ބުއިމަށް އާދަކުރާށެވެ. ދަތުރަކީ ހިތްހަމަ ޖައްސާލަންދާ ދަތުރެއް ނަމަވެސް ހަށިގަނޑަށް ސަމާލުކަން ދިނުން ކުޑަނުކުރާށެވެ،