ބައްޕަ ދިން ޗޮކްލެޓެއް ކައިގެން ދަރިޔަކު މަރުވެއްޖެއެވެ. ޗޮކްލެޓް ކައިގެން މަރުވެފައިވަނީ އުމުރުން 11 އަހަރުގެ ފިރިހެން ކުއްޖެކެވެ.

އެ ކުއްޖާއަށް އޭނާގެ ބައްޕަ ދިން ޗޮކްލެޓުން ހަތަރު ފަހަރު ކާލެވުނު އިރު އެކުއްޖާއަށް ވަނީ އެލާޖިކްގެ އަސަރުކޮށްފައެވެ. އެގޮތުން އެ ކުއްޖާ ހޮޑު ލާން ފެށުމުން ޗޮކްލެޓުގެ ލޭބަލް ބެލިކަމަށް އޭނާގެ ބައްޕަ ވަނީ ބުނެފައެވެ. އަދި އެ ޗޮކްލެޓަކީ "ކިރު ފްރީ" ޗޮކްލެޓެއް ނޫންކަމާއި އެއީ "ގްލުޓެން ފްރީ" ޗޮކްލެޓެއްކަން އެނގުނީ އެހާހިސާބުން ކަމަށް އޭނާ ވަނީ ބުނެފައެވެ.

ދަރިފުޅަށް އެލާޖިކްގެ އަސަރު ކުރަން ފެށުމުން ބޭސް ދީ، ކުއްޖާ ރަނގަޅު ކުރެވޭތޯ އޭނާގެ ބައްޕަ ބަލާފައިވެއެވެ. އަދި އެއްވެސް ހާލަތު އިތުރަށް ގޯސްވާކަން އެނގުމާއެކު އޭނާވަނީ އެމްބިޔުލާންސަށް ގުޅާ އެ ކުއްޖާ ހޮސްޕިޓަލަށް ގެންގޮސްްފައެވެ.

އެ ކުއްޖާ އަކީ ކިރަށް އެލާޖިކް ކުއްޖެކެވެ. މީގެ ކުރިންވެސް ކިރު ބޯ ކޮންމެ ފަހަރަކު އެ ކުއްޖާ އެލާޖިކް ވާކަމަށް އޭނާގެ ބައްޕަ ވަނީ ބުނެފައެވެ.