ލޮލުގެ ފެނުން ދަށްކަމުގެ ސަބަބުން ލޮލުގައި އައިނު އަޅަން ޖެހުމަކީ ގިނަ ބަޔަކަށް ކުރިމަތިވާ ކަމެކެވެ. ބައެއް މީހުން ފޮޓޯ އަކަށް އައިނު އަޅާލަން ބޭނުންވި ކަމުގައިވިޔަސް، ދިގު މުއްދަތަކަށް އައިނު އަޅަން ޖެހުމުން ފޫހިވާގޮތް ވެއެވެ. އެއީ އައިނު އެޅުމުގެ ސަބަބުން ބައެއް ކަންކަން ކުރުމުން މަހްރޫމްވާން ޖެހޭތީ އާއި އެކަމުގެ ތަކުލީފް ބޮޑުކަމުންނެވެ. އެގޮތުން، ތިރީގައި މިވަނީ އައިނު އަޅާ ބައެއް މީހުންނަށް ކުރިމަތިވާ ބައެއް ތަކުލީފުތަކެވެ.

ހޫނު ތަކެތި ބުއިން

glasses

އައިނު އަޅައިގެން ހުރެ ކޮފީ ފަދަ އެއްޗެއް ބޮއެފިނަމަ، އައިނުގެ ލޯކޮޅު ފޮގްވެ، ތަންތަން ފުސްވެގެން ދާނެއެވެ. އޭރުން ދެން އުޅެން ޖެހޭނީ ލޯކޮޅު ސާފު ކުރުމުގައެވެ.

ފިނި ތަނެއްގައި ގިނައިރުވުން

Related image

 

މާ ފިނި ގަދަ ތަނެއް ނުވަތަ އޭސީ ހުންނަ ކޮންމެ ތަނެއްގައިވެސް ގިނައިރުވާން ފަށައިފިނަމަ، ލޯކޮޅު ފުސްވާން ފަށައެވެ. އަދި ތަންތަން ފުސްވެ، ދުރު ބަލަން އުނދަގޫ ވާގޮތްވާނެއެވެ.

ފޮތް ކިޔަން އޮށޯވެ އޮތުން

glasses

 

އަބަދު އިށީނދެގެން އިނދެ ފޮތް ކިޔުމަށްވުރެ އޮށޯވެގެން އޮވެ ފޮތް ކިޔަން މާ ފަސޭހަވާނެއެވެ. އެހެންނަމަވެސް އޮށޯވެއްޖެނަމަ އައިނު އަޅައިގެން ކިޔަން ނުލާހިކު އުނދަގޫވެސް ވާނެއެވެ. އަދި އައިނު އެއް އަރިއަކަށް އިނުމުގެ ސަބަބުން ނޭފަތަށް ވެސް ތަދުވެދާނެއެވެ.

އަވި އައިނު އެޅުން

glasses

 

އަވި އައިނު އަޅަން ކިތަންމެ ބޭނުންވިޔަސް ލޮލުގައި އޮތް އައިނު ނެގޭކަށްވެސް ނޯވެއެވެ. ސަބަބަކީ އެ އައިނު ނަގައިފިނަމަ ދުރެއް ރީތިކޮށް ނުފެންނާނެއެވެ. އެހެންވުމުން، ދެން އޮންނާނެ ހަމައެކަނި ގޮތަކީ ދެ އައިނު މަތިމަތިން އެޅުމެވެ. ގައިމުވެސް މިއީ މާ ފަސޭހަ ކަމަކަށް ނުވާނެއެވެ.

އައިނު ސާފު ކުރުން

Image result for cleaning glasses

 

މިކަން ކުރަން ބޭނުންވާ ކޮންމެ ފަހަރަކު ރަނގަޅު 'މެޓީރިއަލް' އެއްގެ ފޮތިކޮޅެއް ނުލިބިދާނެއެވެ. ދެން އޭރުން ޖެހުނު ފޮތިކޮޅަކުން ސާފު ކުރަން އުޅުމުގެ ތެރޭގައި އިނގިލީގެ ނިޝާންތައްވެސް އެރުމަކީ ވުން ގާތް ކަމެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބޯގޯސް

    ދެންކޮބާ ތިކަމުގެއެްންމެ ފަސޭހަ ދާއިމީ ހައްލަު

  2. މަ

    އިޒްދެޓް އައިރީން

  3. ހުސޭނުބޭ

    އިންޑިޔާ މީހުން އައިނު އަޅާފައި ހުންނަ އިރު އައިނު މަތީގައި ތިއްކެއް ޖަހާފައި ހުންނާނެ. އޭރުން އެވީ ކޯންޗަކަށް؟

  4. ާމީހާ

    އައިރީން???