އިންޑޮނޭޝިއާގައި ފޭސްބުކް ލައިވް ވީޑިއޯއެއްގައި މީހަކު ދިރިއޮތް ބުޅަލެއް ކާލައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި އިންޑޮނޭޝިއާގެ އަވަށެއް ކަމަށްވާ ކެމެޔޮރަން ސިޓީގައި ވަރަށް އަނިޔާވެރިކޮށް މި މީހާ މި ބުޅާ ކާލިއިރު އިންޑޮނޭޝިއާ ފުލުހުން މިހާރު ދަނީ މި މީހާ ހޯދަމުންނެވެ.

ގިނަ މީހުން ބުނާގޮތުން ނަމަ އެމީހާ އެ ބުޅާ ދިރުހުއްޓާ ކައިލީ މީހުންގެ ސަމާލުކަން ހޯދައި، ފޭސްބުކުގައި މަޝްހޫރު ވުމަށެވެ.

ބުޅަލެއް ކާލާ މި ވީޑިއޯ ވައިރަލް ވެފައިވާއިރު، ފޭސްބުކް ލައިވް އިން ފެންނަގޮތުގައި، ދިރިހުރި ބުޅަލެއް އެމީހާ ކަނީ މަގުމަތީގައި ހުރެގެންނެވެ.

މި ވީޑިއޯ ކުރި ވަގުތު މަގުމަތީގައި މީހުން ނެތް ކަމަށް ރިޕޯޓުތައް ބުނެއެވެ. ފުލުހުން ބުނިގޮތުގައި، އެމީހާ ވީތަކެއް އަދިވެސް ނޭނގޭ ކަމަށާއި، އެމީހާ ހޯދުމަށްފަހު އެކަމާއި ބެހޭގޮތުން ސުވާލު ކުރާނެއެވެ.

މި ވީޑިއޯ ބެލި އެތައް ބަޔަކު މިހާރު ދަނީ ރުޅިވެރިކަން ފާޅު ކުރަމުންނެވެ. އަދި އެތައް ބަޔަކު ފުލުހުންނަށް މައްސަލަ ރިޕޯޓު ކޮށްފައި ވާކަމަށް އިންޑޮނޭޝިއާ ފުލުހުން ބުންޏެވެ.

އެނިމަލް ރައިޓްސް ގުރޫޕްތަކުވެސް ދަނީ މި މީހާ ހައްޔަރު ކުރުމަށް ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު