މަޝްހޫރު ވާންގެން ކުރާނެ ނުކުރާނެ ކަމެއް ނޭގިގެން އުޅޭ މީހުން މަދެއް ނޫނެވެ. މަޝްހޫރު ވާންވެގެން އެއްބަޔަކު ފުރާނައަށް ނުރައްކާވާވަރުގެ މޮޅެތި ސްޓަންޓްތައް ޖައްސަނީއެވެ. އަނެއް ބަޔަކު ކުރާ ކަމަކީ ކުޑަކުޑަކަމެއްކޮށްގެން މަޝްހޫރު ކަން ހޯދަނީއެވެ. މިގޮތަށް މަޝްހޫރު ކަން ހޯދާ މީހުންނަށް ލަނޑުވެސް ލިބޭ ފަހަރު އާދެއެވެ.

އެގޮތުން މި ޒުވާނާވެސް މަޝްހޫރުވާންވެގެން ކުރިކަމަކުން ލިބުނީ ބޮޑު ލަޑެކެވެ. ދުބާއި މަގެއްގެ މަތީގައި އާއްމުންގެ ސަމާލުކަން ހޯދަން ވެގެން މި ޒުވާނާ އުކީ ފައިސާ އެވެ. އަދި އެ މަންޒަރު އޭނާ ވީޑިއޯވެސް ކުރިއެވެ.

މީސް މީޑިއާގައި އާއްމުންގެ ސަމާލުކަން ހޯދަން އެ ވީޑިއޯ ލި މީހާ އިއްޔެ މި ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައި ފުލުހުން އޭނާއާ ސުވާލު ކުރުމުން ބުނީ، އެގޮތަށް ވީޑިއޯ ނެގީ މަޝްހޫރު ކަން ހޯދަން ވެގެން ކަމަށެވެ.

އެ މައްސަލައާއި ގުޅިގެން އޭނާ ހައްޔަރުކޮށްފައި ވަނީ ކިހާ ދުވަހަކަށް ކަން ރިޕޯޓްތަކުގައި ބުނެފައެއް ނުވެއެވެ.

ފުލުހުން ބުނީ މީސް މީޑިއާ ބޭނުން ކުރުމުގައި ހާއްސަ ސަމާލުކަން ދިނުމަށާއި، ގައުމުގެ އަގާއި ސަގާފަތާއި އާދަކާދައަށް ބުރޫ އަރާފަދަ ކަންކަން މީސް މީޑިއާގައި ނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު