އިންޑިއާގެ މުމްބާއީގައި އުފަން ދުވަހުގެ ޕާޓީގެ ތެރެއިން އުމުރުން 19 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށްފައި ވަނީ އޭނާގެ ގާތް ހަތަރު ރަހުމަތްތެރިން ވެގެންނެވެ. އެކަން އެއިރު އޮތީ ސިއްރުވެފައެވެ.

މީގެ މަހެއްހާ ދުވަސް ކުރިން ހިނގާ ދިޔަ މާ ހާދިސާ ފަޅާ އަރާފައި ވަނީ އޭނާގެ ޖިންސީ ގުނަވަންތަކޔގައި ވަރަށް ބޮޑަށް ރިއްސާރީ ޑޮކްޓަރަށް ދެއްކުމުންނެވެ. ޑޮކްޓަރު ވަނީ އޭނާ ހޮސްޕިޓަލްގައި ބާއްވައިގެން ފަރުވާދޭން ފަށާފައެވެ. އަދި އެކަން ފުލުހުންނަށްވެސް އަންގާފައެވެ.

މި ޒުވާނާ ފުރަތަމަ އެކަންތައް އާއިލާއަށް ސިއްރުކުރިއެވެ. އެހެން ނަމަަވެސް ފަހުން އޭގެ ތަފްސީލުތައް ކިޔާދިނެވެ.

އޭނާ ބުނީ، ޖުލައި ހަތް ވަނަ ދުވަހު އޭނާގެ ހަތަރު ފިިރިހެން ރައްޓެހިންނާއެކު އުފަން ދުވަސް ފާހާގަކުރީ އެތަނުން ރައްޓެއްސެއްގެ ގޭގައި ކަމަށެވެ. އަދި އެ ގޭގައި ކާކު ފެޅުމަށްފަހު އެ ހަތަރު ފިރިހެނުން ވެގެން އޭނާ ރޭޕްކުރީ ކަމަށް އެ އަންހެން މީހާ ބުންޏެވެ.

އެކަމާއި މި ޒުވާނާ ހުރީ ވަރަށް ބޮޑު ޝޮކެއްގައެވެ. އަދި އޭނާ ގެއަށް އައިސްފައި ވަނީ އޭގެ އަނެއް ދުވަހުއެވެ. އަދި ހިނގާދިޔަ އެއްވެސް ކަމެއް އޭނާ އެއްވެސް މީހަކަށް ނާންގައެވެ.

އެހެން ނަމަވެސް ޖުލައި މަހުގެ ފަހު ހަފްތާ ތެރޭގައި އޭނާ ވަނީ ޖިންސީ ގުނަވަންތަކުގައި ރިއްސާކަމަށް ބުނެ މައިންބަފައިންނަށް އަންގާފައެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު، އެކަން ޑޮކްޓަރުންނަށްވެސް އެނގުނީ ޖުލައި 30 ވަނަ ދުވަހުއެވެ.

އަދި ހޮސްޕިޓަލުން އެކަން ފުލުހުންނަށް އެންގިއެވެ.

ޑޮކްޓަރުން ބުނީ، އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ. އަދި އޭނާގެ ރޭޕް ކުރުމުގެ ހަށިގަނޑުގެ އެތެރޭގައި ގެއްލުންތަކެއް ހުރިހެން ޑޮކްޓަރުންނަށް ހީވާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. އެހެންވެ އޭނާ އަދިވެސް އޮތީ އޮބްޒަވޭޝަންގައެވެ.

ކިޔުންތެރިންގެ ހިޔާލު