މިހާރު ދިރިއުޅެމުންދާ ގެ ވިއްކާލުމަށް ފަހު ބޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޯޕްރާ އާއި އޭނާގެ ފިރިމީހާ ހޮލީވުޑުގެ ތަރި ނިކް ޖޯނަސް 20 މިލިއަން ޑޮލަރުގެ ބޮޑު ގެއެއް ގަތުމުގެ މައްސަކަތް ފަށައިފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ނިކް ކުރިން ލޮސް އެންޖެލެސް ގައި ދިރިއުޅެމުން ދިޔަ ގެ މިހާރު ވަނީ 6.9 މިލިއަން ޑޮލަރަށް ވިއްކާލާފަ އެވެ. އެއީ 6.5 މިލިއަން ޑޮލަރަށް އޭނާ ގަތް ގެއެކެވެ.
ޕްރިޔަންކާ އާއި ނިކްއަށް 50 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭއިރު އެ ދެ މީހުން އާ ގެ ގަތުމަށް 20 މިލިއަން ޑޮލަރުގެ ހޭދަކުރަން ވަނީ ނިންމާފަ އެވެ.
އުމުރުން 35 އަހަރުގެ ޕްރިޔަންކާ އާއި 25 އަހަރުގެ ނިކް ލޯބީގެ ގޮތުން ގުޅި ކައިވެނި ކުރީ މިދިޔަ އަހަރު އެވެ.
ޕްރިޔަންކާ އަކީ ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ބަތަލާއަށްވާއިރު އޭނާ ދަނީ މިހާރު ހޮލީވުޑްގައިވެސް އެތައް ކާމިޔާބީތަކެއް ހޯދަމުންނެވެ.
ޕްރިޔަންކާ އެންމެ އަވަހަށް ފެނިގެންދާނީ ޝޮނާލީ ބޯސްގެ ފިލްމު "ދަ ސްކައި އިސް ޕިނކް"އިންނެވެ. ފިލްމުގައި ފަރްހާން އަޚްތަރު އަދި ޒައިރާ ވާސިމް ލީޑް ރޯލުން ފެނިގެންދާނެއެވެ. ފިލްމު ރިލީޒް ކުރަނީ އޮކްޓޯބަރު މަހުގައެވެ.
ކިތަންމެ އަގުބޮޑު ގެއެއް ގަތަސް ވަގުތު ޖެހުނީމަ ޖެހޭނީ ތިގެ ދޫކޮށްފަ ދާން.?
ތިދެންކޮންވާހަކައެއް؟ ތިވާހަކައިން އެބަދޭހަވޭ ތިބޭފުޅާ ވެސް މިކަހަލަ މުދަލަށް ހިތްކިޔާކަން. ހަގީގީ އީމާންކަން ހުރިނަމަ ހިތުގެ ސަމުގާ އިންނާނީ ހަމައެކަނީ މާތްﷲއަށް
ސަޅި