އެއްވެސް ދެމަފިރިއަކީ މައްސަލަ ނުޖެހި އުޅޭ ދެމަފިރިންނެއް ނޫނެވެ. ނަމަވެސް މައްސަލަ މަދު ދެމަފިރިންނަކީ އެންމެ އުފަލުގައި އުޅޭ ދެމަފިރިންނެވެ. ދިރިއުޅުމުގެ މައްސަލަތައް މަދުކުރަން ކުރެވޭނީ ކޮން ކަމެއްތޯ ކުރެވޭ ސުވާލަށް ދޭނެ ވަަރަށް ގިނަ ޖަވާބު ހުންނާނެއެވެ.

މިލިޔުމުގައި އަހަރެން މިގެނެސްދެނީ ދިރިއުޅުމުގައި ބޮޑެތި މައްސަލަަތައް ނުޖެހި ދެމަފިރިން އުފަލުގައި އުޅުމަށްޓަކައި ނިދާ ކޮޓަރީގައި ދެމަފިރިން ކަންތައް ކުރާ ގޮތެވެ. މިއީ މިފަދަ ދެމަފިރިންގެ ވާހަކަތަކަށް ބިނާކޮށް ތަޖުރިބާކާރުން ލިޔެފައިވާ ލިޔުންތަކުން ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ލިޔާ ލިޔުމެކެވެ.

މަސައްކަތުގެ ވާހަކައެއް ނުދައްކާނެ

ކޮންމެ މީހަކީ ވެސް މަސައްކަތުގެ މާހަލުގައި ތަފާތު މީހުންނާއި ބައްދަލުވެ، ތަފާތު ކަންބޮޑުވުންތަކާއި، ބޯ ހާސްވުންތައް ތަހަންމަލް ކުރަން ޖެހޭނެ މީހެކެވެ. ނަމަވެސް ދެމަފިރިންގެ ނިދާ އެނދުމައްޗަކީ އެކަންކަމާއި މެދު ޚިޔާލު ބަދަލުކޮށް ދެން ހަދާނެ ގޮތެއް ނިންމަން ހަޔާތުގެ ބައިވެރިޔާގެ ހިޔާލު ހޯދާ ތަނަކަށް ނުހަދާށެވެ. އެއީ ދެމަފިރިންނަށް އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އެފަދަ މަޝްވަރާއެއް ކޮންމެހެން ކުރަން ޖެހޭނަމަ ކޮންމެވެސް އެހެން ވަގުތެއްގައި އެމަޝްވަރާ ކުރާށެވެ.

އެހެން ކަމަކަށް ސަމާލުކަން ނުދިނުން

ނިދަން އޮށޯތުމަށް ފަހު ވެސް ޓީވީ ބެލުން ނުވަތަ ހާއްސަކޮށް ފޯނާއި ކުޅުމަކީ މިހާރު ވަރަށް އާންމު ކަމެކެވެ. ދެމީހުން ކުރެ ކޮންމެވެސް އެކަކު ފޯނާއި ކުޅެއް އޮތުމަކީ އަނެއް ބައިވެރިޔާގެ ހިތުގައި ޝައްކުތަކެއް ވެސް އުފެދިދާނެ ކަމެކެވެ. ނުވަތަ އެއީ އޭނާ އާއި ވާހަކަދައްކާލަން ލިބޭ ހަމައެކަނި ފުރުސަތު ވެސް ތިބާ ބޭކާރު ކޮށްލަނީ ކަމަށް ވެދާނެއެވެ. އެހެންކަމުން ނިދަން އޮށޯތުމަށް ފަހު ފޯނު ވެސް ދުރުގައި ބާއްވާށެވެ.

ދެމަފިރިން އެއް ވަގުތެއްގައި ނިދަން އޮށޯތުން

ދެމަފިރިންނަކީ ތަފާތު މަސައްކަތްތައް ކުރާ ދެމީހުން ކަމަށް ވީނަމަވެސް ނިދާ ވަގުތަކީ އެއް ވަގުތެއް ކަމަށް ހަދާށެވެ. އެއީ ދެމީހުންގެ ގުޅުން ބަދަހި ކުރަން ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.

ދެމަފިރިންގެ ވާހަކަ ދެއްކުން

ނިދަން އޮށޯތުމަށް ފަހު ދެމަފިރިން ވެސް ރަނގަޅު ކުރަން ހުރި ކަންތައްތަކުގެ ވާހަކަ ދައްކާ ޚިޔާލު ބަދަލު ކުރުން ވަރަށް މުހިންމެވެ. އެއީ ކޮންމެ ކަމަކާއި މެދު ވެސް މަޝްވަރާ ކުރެވޭ މާހައުލަކަށް ހަދާށެވެ.

ނިދުމުގެ ކުރިން ކަންތައް ކުރާ ގޮތް

ނިދުމުގެ ކުރިން ދެމަފިރިން ވެސް އެއް ގޮތަކަށް ކަންތައްތައް ކުރާށެވެ. ފެން ވަރާ މޭކަޕްތައް ދުއްވާ ވުލޫ ކޮށް، ސުންނަތުގައި އޮތް ގޮތައް ދެމަފިރިން ވެސް އަމަލު ކޮށްގެން ދެމަފިރިން ވެސް އެއްކޮށް ނިދަން އޮށޯންނާށެވެ.

އެއްވެސް ކަަމަކާއި ދެބަސް ވެގެން ނުނިދުން

އެއްވެސް މައްސަލައެއްގެ ހައްލު ނުހޯދާ ދެބަސްވެ ޒުވާބު ކޮށްގެން ނުނިދާށެވެ. ކޮންމެ މައްސަލަ އަކަށް ވެސް ހައްލެއް ހޯދުމަށް ފަހު ނިދާށެވެ. މަޝްވަރާ އިން ހައްލު ނުހޯދޭނެ ކަމެއް ނޯންނާނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ބޮޑު ދެލޯ

  ދެމަފިރިން ނިދާ ކޮޓަރީގައި ކުރާނީ ކޮންކަމެއްކަން ނޭގެއްޏާ މީހަކާ ނުއިންނާތި!!

  44
  1
  • ޒީ

   ??????

 2. ކޮތަރު

  އަހަރެން ކުޑައިރު ހިތަށްއަރާ. ދެމަފިރިން ނިދާއިރު ކޮޓަރި ތަޅުލަނީ ކީއްކުރަންބާއޭ. މިހާރު އެނގިއްޖެ އެއީ މަޝްވަރާކުރަން ކަން.

 3. ކޮތަރު

  އަހަރެން ކުޑައިރު ހިތަށްއަރާ ދެމަފިރިން ނިދާއިރު ކޮޓަރި ތަޅުލަނީ ކީއްކުރަންބާއޭ. އެކަމަކު މިހާރު އެނގިއްޖެ އެއީ މަޝްވަރާކުރަން ކަން.

  6
  1