އިންޑިއާ އަންހެނަކު އޭނާ އެޑޮޕްޓް ކުރި ކުއްޖަކު ދޮން ކުރުމުގެ ބޭނުމުގައި ކަޅު ކުލައިގެ ގާގަޑަކުން އެކުއްޖާގެ ހަންގަނޑު ގާނާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

މި މައްސަލަ ފެންމަތިވެފައި ވަނީ، އެ ކުއްޖާގެ މަންމައާ އެއްބަޑު މީހަކު އެކަން ފުލުހުންނަށް އެންގުމުންނެވެ. ފުލުހުން މިހާރު ވަނީ ޗައިލްޑް ލައިން އާއި އެ ކުއްޖާ ހަވާލުކޮށްފައެވެ.

އުއްތަރްޚާންދް އިން އެޑޮޕްޓްކުރި އެ ކުއްޖާއަށް ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު މިހާރު ހުރީ ޗައިލްޑް ލައިންގެ ބެލުމުގެ ދަށުގައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އުމުރުން ފަސް އަހަރުގެ އެ ކުއްޖާގެ ހަންގަނޑުގައި ގާގަޑަކުން ގޭނުމުގެ އިތުރުން ހިލަ ކަރުދާސްވެސް ވަނީ އަޅާފަަައެވެ. މި އަންހެން މީހާ މިގޮތަށް ހަދާފައި ވަނީ އެ ކުއްޖާ ކުލަ އަނދިރިކަމުން ދޮން ކުރަންވެގެންނެވެ.

މީގެ ކުރިންވެސް އެ ކުއްޖާ ދޮން ކުރަން ބޭނުންކޮށްފައި ވަނީ އެކި އެއްޗެހިއެވެ. އެފަހުން މީހަކު ބުނެގެން ފަހުން ކަޅު ގާގަޑެއް ބޭނުންކުރިއިރު، އެ ކުއްޖާގެ ހަށިގަނޑުގެ އެކި ތަންތަނުން ވަނީ މަށައިގެން ގޮސް ލޭ އައިސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތިމަންނަ

    ދައިތަކައިރީ ބުނަން ، އެންމެ އަވަހަށް ދޮންވާނީ ރުއްކުރި ކާންދިނީމަ ޔޯ

  2. ބޯހަލާކު

    ލިޔުމުގަވާ ސުރުޙީ ފެނިފަ މަށަށް ޕަކަޕަކަ ލާފަހެވުނީ...އެކަމަކު ލިޔުން ކިޔާލީމަ ވ.ދެރަވި.އެކުޑަކުޑަ ކުއްޖާއަށް ވާނެ ތަދު ހިތަށް އަރާފަ.ނަސީބެއްނު އެކުއްޖާގެ ހަންގަޑު ދާމާނުލަނިސް ސަލާމަތްވިކަން.މަށަށް ދެރައީ ކޮންމެވެސް މީހަކު މިއަންހެންމީހާގެ ގައިގަ ހިލަކަރުދާހާއި އެބުނާގާގަނޑެއް އުނގުޅާ ނުލީމަ.ގައިމު އޭރަށް އިހްސާސް ކުރެވޭނެ ހަންގަނޑު ދޮންކުރަންވެގެން އޭނަ އެދޭ ފަރުވާގަ ހުރި ވޭނާއި ހޫނު.ހޭނުޖެހޭ މޮޔަ ޅަދަރީންނަށް ވުރެވެސް މޮޔަމީހުން އުޅޭ.އެކަމަކު މިވަރުގެ ކަމެއް ނުދެކެން.