އޯރ ފިޝް ނުވަތަ ބިންހެލުން އައުމުން ފެންނަ ކަމަށް ބުނާ މި މަހާއި އަސްލު ހަގީގަތުގައި ބިންހެލުމާއި އެއްވެސް ގުޅުމެއް ނުވާ ކަމަށް ސައިންވެރިން ބުނެފިއެވެ.

އޯރފިޝް އަކީ ކަނޑުގެ ވަރަށް ފުނުގައި އާންމުކޮށް ދިރިއުޅޭ މަހެކެވެ. ސައިންސްވެރިން ބުނާ ގޮތުގައި މިބާވަތުގެ މަސް އާންމުކޮށް ދިރިއުޅެނީ ކަނޑުގެ 3000 ފޫޓް އަޑީގައެވެ. އާދަޔާއި ހިލާފަށް ދިގު މިމަސް 18 ފޫޓަށް ދިގުވާ ކަމަށް ވެއެވެ.

ސައިންވެރިން ވަނީ ޖަޕާނުގެ ރައްޔިތުން މި މަސް ފެނުމަކީ ބިންހެލުން އަންނަ ކަމުގެ އަލާމާތެއް ކަމަށް ދެކޭ ދެކުން ބަދަލު ކުރުމަށް އެދިފައެވެ. ވަރަށް މަދުން ނޫނީ ކަނޑުގެ މަތީ ފަށަލައަށް ނާރާ މިބާވަތުގެ މަހެއް ފެނިއްޖެނަމަ ބާރުގަދަ ބިންހެލުމެއް އަންނަން އުޅޭ ކަމަށް ގަބޫލުކުރާ ބަޔަކު ތިބެއެވެ. މިގޮތައް ގަބޫލު ކުރާ މީހުން އެންމެ ގިނައީ ބިންހެލުން އެންމެ ގިނައިން އަންނަ އެއް ގައުމު ކަމަށްވާ ޖަޕާން ގައެވެ.

ސައިންވެރިން ވަނީ 1928 ވަނަ އަހަރުން ފެށިގެން މި މަސް ފެނުނު 363 ކޭސް އެއް ބަލާފައެވެ. މިމުއްދަތުގައި މި މަސް ފެނުނު ސަރަހައްދުތަކުން މެގްނަޓިއުޓް ހަޔަކަށް ވުރެން ބޮޑު 221 ބިންހެލުމެއް ވެސް ރިކޯޑް ކުރެވުނެވެ. މި ޑޭޓާ އަޅާ ކިޔާ އިރު މި ބިންހެލުންތައް އައުމާއި މި މަސް ފެނުމާއި ކޮންމެ ބިންހެލުމެއްގެ ދޭތެރޭ 90 ވަރަކަށް ދުވަސް ނެގުމަކީ އަސްލު މި މަހާއި ބިންހެލުމާއި ގުޅުމެއް ނުވާ ކަން ކަމަށް ސައިންސްވެރިން ބުނެއެވެ.

2013 ވަނަ އަހަރުގެ އޮކްޓޯބަރ މަސް ތެރޭގައި މިފަދަ މަހެއް އެމެރިކާގެ ކެލިފޯނިއާގެ ގޮނޑުދޮށުން ފެނުނެވެ. އޭގެ ހަފްތާއެއް ފަހުން ކެލިފޯނިއާ އަށް 6.4 މެގްނެޓިއުޑްގެ ބިންހެލުމެއް އައެވެ. އޭގެ އިތުރުން އޮކްޓޯބަރ 25 ވަނަ ދުވަހު ޖަޕާނަށް 7.1 މެގްނެޓިއުޑްގެ ބިންހެލުމެއް ވެސް އައެވެ.

މިބާވަތުގެ މަހުގެ އިތުރުން އެހެން ބައެއް ޖަނަވާރުންނަށް ވެސް ބިންހެލުމެއް އަންނަން އުޅޭކަމުގެ ނިޝާންތައް މާކުރިން ފެށިގެން އެކަމުގެ އިންޒާރުތައް ދޭކަމަށް ވާހަކަ ދެކެވެއެވެ. އެކަމަށް ބާރު ލިބޭ ބައެއް "ހެކިތައް" ވެސް ފެނިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޝޮޓްގަން

    ސައިންސްވެރިން ދައްކާ ހުރިހާ ވަހަކައަކީ އަސްލެއްނޫން. އެނގޭ ކަމަކީ ބިންހެލުމާ ތިޔަ މަހާ (ގާތްތިމާގެ ކަމުގެ) ގުޅުމެއް ނެތަސް ތިޔަމަސް ފެންނަތާ ކުޑަދުވަސްކޮޅެއްގެތެރޭގައި ބިންހެލުން ގިނަފަހަރަށް އަންނަކަން.

    30