ގަނޑުފެންގަނޑެއްގައި ޖެހި ކަނޑުގެ ތެރެއަށް ޣަރަގުވެގެން ދިޔަ މަޝްހޫރު ޓައިޓޭނިކް ބޯޓް އޮތް ކަނޑުގެ ސަރަހައްދަށް 14 އަހަރު ފަހުން ކުރި ޑައިވް ގައި އާދަޔާ ހިލާފު ކަންތައްތަކެއް ފެނިއްޖެއެވެ.

ޓައިޓޭނިކް ފެތުނު ހާދިސާއަށް ގަރުނެއް ވެފައިވާ އިރު މީގެ ކުރިން ޓައިޓޭނިކް އޮތް ސަރަހައްދަށް ޑައިވް ކުރީ 2005 ވަނަ އަހަރުއެވެ.

އެއިރާއި، އޭގެ 14 އަހަރު ފަހުން މިހާރު ތަފާތެވެ. ޑައިވް ކުރި ޓީމުން ބުނިގޮތުގައި ކަނޑު އަޑީގައި ތިބި ދަގަނޑު ކާ ބެކްޓީރިއާތަށް ދަނީ ޓައިޓޭނިކްގެ ބައިތައް ކާލަމުންނެވެ.

މީގެ އިތުރުން ބޯޓުގެ ބައެއް މިހާރު ދަނީ ކަނޑުގެ އަޑީގައިވާ ބިން ނުވަތަ ސީބެޑަށް ދަމައިގަންނަމުންނެވެ.

ފަސް މެންބަރުންގެ ޓީމެއް ހިމެނޭ ޑައިވަރުން ސަބްމެރިނެއްގެ އެހީގައި ކުރި މި ޑައިވްގައި ޓައިޓޭނިކްގައި ގިނަ އަދަދަކަށް މުރަކަ ދަނީ ހެދެމުން ކަން ވަނީ އެނގިފައެވެ.

2230 މީހުންނާއި އެކު ޓައިޓޭނިކް ގަނޑުފެންގަނޑެއްގައި ޖެހުނީ 1912 ވަނަ އަހަރުގެ އެޕްރީލް މަހުގެ 14 ވަނަ ދުވަހުގެ ރޭ 11:40 ގައެވެ. އެ ބޯޓު ކަނޑުގެ ތެރެއަށް އެއްކޮށް ގެނބިގެން ދިޔައީ އެރޭ މެންދަމު 2:20 ގައެވެ.މި ހާދިސާގައި 1512 މީހުން މަރުވިއެވެ. އަދި އެތަށް ބަޔަކު ގެއްލުނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ???

    The man who built Titanic was ask how safe would the titanic be?
    He said"not even god can sink it"
    Indeed,Allah does not like the arrogant.
    (Quran ):and do not walk upon the earth exultantly indeed you will never tear the earth {apart}.and you will never reach the mountains in height.

    36
    1