އެމެރިކާގައި ވޭޕް ކުރި މީހަކު މަރުވެއްޖެއެވެ.

މިދިޔަ ހުކުރު ދުވަހު އެމެރިކާގެ ޗިކާގޯގެ ހޮސްޕިޓަލަކުން ބުނެފައި ވަނީ އެ ހޮސްޕިޓަލުގައި އޮތް ބަލި މީހަކު މަރުވެފައި ވަނީ ވޭޕާ ގުޅުންހުރި ބަލިތަކެއްގެ ސަބަބުން ކަމަށެވެ. އެގޮތުން އެ ޒުވާނާ މަރުވެފައި ވަނީ ވޭޕްގެ ސަބަބުން ފުއްޕާމޭ ހަލާކުވެގެން ކަމަށެވެ. އަދި އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ގޮތުގައި ވޭޕާ ގުޅުންހުރި ސީރިއަސް ބަލިތަކުގައި 22 ސްޓޭޓަކުން 193 މީހަކު ޑޮކްޓަރަށް ދައްކާފައިވާ ކަމަށެވެ.

ޑޮކްޓަރުން ބުނެފައި ވަނީ ވޭޕް ކުރުމުގެ ސަބަބުން ދިމާވާ މައްސަލަތައް އިތުރުވަމުންދާ ކަމަށާއި، އުމުރުން 20-25 އާއި ދެމެދުގެ ގިނަ ޒުވާނުންގެ ފުއްޕާމޭގެ މައްސަލަތައް ދިމާވެ ޑޮކްޓަރަށް ދައްކާފައިވާ ކަމަށެވެ. އަދި އެ މައްސަލަތައް ދުވެހެއް ދުވަހަކަށް ސީރިއަސް ވަމުންދާ ކަމަށާއި، ވޭޕްގެ ނުރައްކާ ބޮޑު ކަމަށްވެސް އެމެރިކާގެ ޗިކާގޯގެ ޑޮކްޓަރުންގެ ޓީމަކުން ބުނެފައިވެއެވެ.

ރާއްޖޭގައިވެސް ވޭޕް ކުރުން އިންތިހާއަށް ގިނަވަމުންދާއިރު، ވޭޕް ކުރުމުގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑެވެ. ޒުވާނުންނާއި ކުޑަކުދިންވެސް ވޭޕްގެ އަވައިގައި ޖެހި ވޭޕް ކުރަމުންދާއިރު، އެކަމުގެ ނޭދެވޭ އަސަރުތައް ބޮޑެވެ. ހާއްސަކޮށް ފުއްޕާ މޭގެ ބަލިތައް އިތުރުވެ، ސިއްހީ މައްސަލަތައް ގިނަކަން ފާހަގަވެއެވެ.

ކިޔުންތެރިންގެ ހިޔާލު