ހެދުނުގެ ނާސްތާގައި ޕިއްޒާ ކެޔުމަކީ ފައިދާ ހުރިކަމެއް ކަމަށް ޑައިޓިޝަނުން ބުނެފިއެވެ.

ޑެއެިލީ މީލްއަށް ދެއްވި އިންޓަރވިއުއެއްގައި ރެޖެސްޓަރޑް ޑައިޓިޝަނެއް ކަމަށްވާ ޗެސްސޭ އަމަރ ބުނެފައިވަނީ ހެދުނު ބޯ ކިރުތައްޓާއި ސީރިއަލްއާ އެއްވަރަށް ކެލޮރީސް އެންމެ ޕިއްޒާ ފޮއްޗެއްގައިވެސް ހުންނަ ކަމަށެވެ.

އަދި އޭނާ ބުނެފައިވަނީ ޕިއްޒާ ކާމީހަކު ކާނީ އެންމެ ފޮއްޗެއް ނޫންކަމަށާއި މިހެން ކަމުން ހެދުނުގެ ނާސްތާއަށް ސީރިއަލްގެ ބަދަލުގައި ޕިއްޒާ ކެޔުން ބުއްދިވެރިވެފައި ސިއްޙަތަށް ފައިދާ ހުރިކަމަށެވެ.

މިއިންޓަރވއުގައި އިތުރަށް ބުނެފައިިވަނީ ޕިއްޒާއަކީ ޕުރޮޓީން ގިނަ އަދަދަކަށް ލިއްބައިދޭ ކެޔުމެއް ކަމަށާއި ހެދުނު ނާސްތާއަށް ޕިއްޒާ ކެޔުމުގެ ސަބަބުން ދުވަހުގެ ފެށުން ރަނގަޅުވެ، މީހާގެ ހަށިގަނޑަށް ބޭނުންވާ ހަކަތަ ލިއްބައިދޭ ކަމަށެވެ.

އެހެންނަމަވެސް މީނާ ބުނެފައިވަނީ މިގޮތަށް ޕިއްޒާކެރުމުގައިވެސް ބަލަންޖެހޭ އުސޫލުތަކެއް ހުންނަ ކަމަށާއި ކޮންމެ ދުވަހެއްގެ ނާސްތާއަށް ޕިއްޒާ ފޮއްޗެއް ކެޔުމުން ސިއްހަތައް ފައިދާ ވުމުގެ ބަދަލުގައި ވާނީ ގެއްލުން ކަމަށެވެ.

ސީރިއަލްއަށްވުރެ ޕިއްޒާ ފައިދާބޮޑު ކަމަށް މީނާ ބުނެފައިވާ އަނެއް ސަބަބަކީ ޕިއްޒާއަކީ ވަގުތުން ތައްޔާރުކުރާ އެއްޗަކަށް ވުމުން ކަމަށާއި ނަމަވެސް ސީރިއަލްއަކީ ކުރީބައިގައި ޕެކެޓްކޮށްފައިވާ ހުންނަ އެއްޗެއްސަށް ވުމުން ކަމަށެވެ.