މިދިޔަ ބުރާސްފަތި ދުވަހު ހދ.ހަަނިމާދޫ ކައިރީގައި ހިނގި ލޯންޗް ބަންޑުން ޖަހާލި ހާދިސާގައި ފަސް މީހަކު ނިޔާވި ހާދިސާގެ ސަބަބުން މުޅި ގައުމު އަދިވެސް ބޮޑު ހިތާމައެއްގައި އޮތް އިރު އެހާދިސާގައި ނިޔާވި ހުސެއިން އަބްދުﷲ އަށް ބޮޑުބޭބެ ކިޔާ އަބްދުﷲ ވަހީދު އަސަރާ އެކު ލިޔުނު ލިޔުމަކުން އަނެއްކާވެސް އެންމެންގެ ލޮލުން ކަރުނަ ފޭއްދާލައިފިއެވެ.
އަބްދުﷲ ވަހީދު އޭނާގެ އާއިލާގެ ވަކިވުމާއި ބެހޭ ގޮތުން ފޭސްބުކްގައި ކުރި ޕޯސްޓް ގިނަ ބަޔަކު މިހާރު ވަނީ ޝެއާ ކޮށްފައެވެ. އެޕޯސްޓްގައި އަބްދުﷲ ވަހީދު އެންމެ ފުރަތަމަ ތައުރީފް ކޮށްފައި ވަނީ ލޯންޗް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވި އޭނާގެ ދޮންބޭބެ ހުސައިން އަބްދުﷲ އަށެވެ.
އަބްދުﷲ ވަހީދު ލިޔެފައިވާ ގޮތުގައި ދޮންބޭބޭ އަކީ އޭނާގެ ވެސް އަދި މުޅި މި އާއިލާގެ ވެސް ބައްޕައެވެ. "އަހަރެން އެންމެ ކުޑަ ދުވަހުން ފެށިގެންވެސް ހިމާޔަތާއި އޯގާތެރިކަން ދިން ދެ އަތޭ. އަހަރެން އެދުނު ކޮންމެކަމެއް، އެއްވެސް ޝަކުވާއަކާނުލާ ކޮށްދޭ ފަރާތޭ. ދިރިއުޅުމުގެ ހުރިހާކަމެއް އުނގަންނައި ދިން މުދައްރިސޭ. އަހަރެން ދިރިއުޅުމުގެ ކަންކަމުގައި ލަފާ އަހާ މޭސްތިރިއޭ." އަބްދުﷲ ވަހީދު ލިޔެފައި ވެއެވެ.
އެރޭވެސް ދޮންބެ ފަތިހު ހަނިމާދޫ އަށް ދާން އުޅުނު ކަމަށާއި ގުރޭ ކޮއްކޮމެން ގޮވައިގެން ހަނިމާދޫއަށް ދާން އޭނާ ކައިރީ ބުނަން ވެސް ބުނި ކަމަށް އަބްދުﷲ ވަހީދު ލިޔެފައިވެއެވެ.
"އެކަމު ދޮންބޭބެ ފަތިހު ނުގޮސް ގުރޭ ކޮއްކޮމެންނާއިއެކި ދާން މަޑުކުރީ، ދައްތަ އާއި ގުރޭކޮއްކޮ އަދި އީރާއްކޮ ގޮވައިގެން ﷲ ޙަޟްރަތަށްދާ ދަތުރު ކަމުގައި އަހަރެން ހިއެއް ނުކުރަމޭ. އެދަތުރުގަވެސް އަހަރެން ދޮންބޭބެ އާއިއެކު ދިއުމަށް އެދުނީމު ނޫންހޭ. އެކަމު ދޮންބޭބެ އެއްވެސް ނިންމުމަކާ ދެކޮޅު ހަދާފަ ނެތީމަ، ދޮންބޭބެ އެދުމުގެ މަތިން އަހަރެން ނުގޮސް މަޑު ކުރީ ނޫންހޭ. އެއީ ދޮންބޭބެގެ ފަހު ދަތުރުކަން އެނގޭނަމަ ޔަގީނުންވެސް އަހަރެން ދޮންބޭބެ އާއިއެކު ދާނަމޭ. ދޮންބޭބެ ފުރީ ގޭގެ ހުރިހާކަމެއް އަހަރެންނާ ބަލަން ޙަވާލުކޮށްފަ ނޫންހޭ. ދޮންބެ ނެތީމަ އަހަރެން ވަރަށް އެކަނި ވާނެއޭ. ދޮންބެ ނެތީމަ އަހަރެން ވަރަށް މާޔޫސް ވާނެއޭ. އެކަމުސް ދޮންބޭބެ އަހަރެންނަށް ދިން ތަރުބިއްޔަތުން، އަހަރެންނަކީ ދޮންބޭބެ ފަޚުރުވެރިވާފަަދަ ދަރިޔަކަށް ވާނަމޭ." އޭނާ އިތުރަށް ލިޔެފައި ވެއެވެ.
ދޮންބެ ދައްތައަށް ތައުރީފްކޮށް އަބްދުﷲ ވަހީދު ލިޔެފައި ވަނީ ދައްތަ ކައްކާ މީރު ކާ އެއްޗިހި ނުކާތީ، ދެރަވެގެން އެވާހަކަ ދައްކާ ކަމަށެވެ. އާނއެކޭ ދައްތަ ކައްކާ ކާ އެއްޗިހި އަހަރެންނަށް ވަރަށް މީރޭ. ދައްތަ ކައްކާ ކާ އެއްޗިހި ދޮންބޭބެ އާ އެއް ސުފުރާގަ ކަނީ ނުހަނު އުފަލާއި އެކު އޭ. ދައްތާ އޭ. ދައްތަގެ ހިކިމަހު ކުޅިމަހަކީ އަހަރެންނަން އެންމެ މީރު ކެއުމޭ. އިންޝާ ﷲ ދެން އަހަރެން ދައްތަ އާ ބައްދަލުވާނީ ސުވަރުގެއިން." އޭނާ ބުންޏެވެ.
"ލޯބިވާ ގުރޭ ކޮއްކޮ އަދި ކުޑަބޭބެގެ އީރައްކޮ އޭ. ގުރޭކޮއްކޮ ބޭނުންވި ހުރިހާކަމެއް ކުޑަބޭބެ ކޮށްދިނީ ވަރަށް ލޯބިންނޭ. ކުޑަބޭބެއަށް މާފު ކުރާށޭ. ކަނޑު ގަދަވެ ވިއްސާރަ ވީމަ ކުޑަބޭބެ ކައިރި ވަރަށް ޝަކުވާ ކުރީމު ނޫންހޭ. އެކަމު މޫސުމް އެހެން އޮތަސް ދެވޭނެ ނޫންހޭ، ކުޑަބޭބެ ބުނީ ކުޑަކޮށްވެސް މިފަދަ ކަމަކަށް އިންތިޒާރު ކޮށްގެންނެތް ނޫނޭ. އީރައްކޮ ހަޔާތުގެ ފަހު ދެދުވަހު ކުޑަބޭބެ ގައިގަ ވަރަށް ލޯބިން ބައްދާލާ ސައިކަލް ދުއްވަންދާނީ ކުޑަބޭބެ އާ އެއްކޮންނޭ ބުނީމު ނޫންހޭ. ނުހަނު އުފަލާއިއެކު އީރައްކޮއަށް އެކަން ކޮށްދިނީމު ނޫންހޭ. އެކަމު އީރައްކޮ ތި ވަކިވީ ކުޑަބޭބެ ހިތް ފަޅާލަފައި." އޭނާ އިތުރަށް ފޭސްބުކްގައި ލިޔެފައިވެއެވެ.
ދޮންބޭބެ މެންނާއި ދެން ސުވަރުގެ އިން ބައްދަލުވާނެ ކަމުގެ އުއްމީދުގައި ހުރެ އަބްދުﷲ ވަހީދު ފޭސްބުކް ޕޯސްޓް ނިންމާލަމުން ބުނެފައި ވަނީ ދޮންބޭބެގެ ހުރިހާ ކަމެއް ވީ އެންމެ ފުރިހަމައަކަށް ކޮށްދީފިން ކަމަށާއި ދޮންބޭބެ އާ ދައްތަ، ގުރޭކޮއްކޮ އަދި އީރައްކޮ ޖަނާޒާގެ ކަންކަން ވަރަށް ކެތްތެރިކަމާއިއެކު ކޮށްދެވޭތޯ ބެލި ކަމަށެވެ. "އެކަމު އަހަރެންގެ ހިތް ފަޅައިގެންދާހާ ވެއޭ. މިއީ ގަދަފަދަ ވޭނެކޭ. ބޮޑު އިމްތިޙާނެކޭ. އިންޝާ ﷲ ދޮންބޭބެ މެންނާ ދެން އަހަރެން ބައްދަލުވާނީ ސުވަރުގެއިންނޭ."
ހަމަ ރަނގަޅަށް ވެސް ރޮއްވާލައިފި....
އަސްލުވެސް ހަމަ ރޮވިއްޖެ :((
??
ކޮންމެ ކަމެއް ފޭސްބުކްގަ ލިޔުނީމާ ހުރިހާ ކަމެއް ހަމަވީ
ހަމަރަގަޅިއްވެސް އަހަރެއް ރޮވިޖެ މިޅިއުއް ކިއާޅީމަ ވަރައްދެރަޗެއްޖެ
ޔާﷲ މި ހާދިސާގައި ވަކިވެދިޔަ ފަރާތްތަށް ސުވަރުގެވަންތަ ވެރީން ކަމުގައި ލައްވާނދޭވެ. އަދިވެސް ލޮލުން ކަރުނަ ނުހިކޭ. އަހަރެންގެ އާއިލާއަށް މިފަދަ ކަމެއް ކުރިމަތިވިނަމަ ވާނެ ދެރައާއި ކުރާނެ ހިތްދަތި އިހުސާސް ކުރެވެމުން މިދަނީ. ﷲ ގަންދީ ހުވާކޮށްފަ ބުނަން. ދުވަހަކު ނުދެކޭ ނުވެސް ދަންނަ ބައެއް ނަމަވެސް އިހުސާސް ކުރެވެނީ ވަކިވެގެން އެ ދިޔައީ އަހަރެންގެ އާއިލާކަމަށް. ވަރަށް ވަރަށް ދެރަވެ ހިތްދަތިވޭ!!
ތީވެސް ދެން ގަންދީ ހުވާކުރަންޖެހޭ ކަމެއްތަ؟ ދެއްކުންތެރިކަމުގެ އިންތިހާ... މާ އީމޯ ވެގެން.......ހޫންނ......
މިހަބަރުއ އެއްކޮށް ކިޔާލާނެ ހިތްވަރެއްނެތް. މާފަށްއެދެން!
މަހީކުރީ މަރުވި މީހުން އަލުން މަރުވީކަމަށް
މަރުވިމީހުން އިތުރަކައް މަރެއް ނުވާނެ އެމީހުންވާނީ ދާއިމައް ދެމިގެންވާ ތަނެއްގައި .. މަރުވިމީހުންގެ ފަހުވަގުތުކޮ ހަދާންކޮއްލީ ވަރައް އަސަރާއައެކު. ﷲއިރާދަކުރެއްވީޔާ އެމީހުނައް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާންދޭ.. އާމީން
ޑިމޮކްރަސީ އާއި ހުޅަނގުގެ އެންމެހާ ޝިރުކަށް މަގުފަހިފާ ހުރިހާ މަގަކުން ސަލާމަތްވެ ހުރެ ﷲ އަށް އަދާ ކުރަންޖެހޭ ހުރިހާ އަޅުކަމެއް ވައްޓާނުލައްވާ އަދާކުރުމުގައި މައިންބަފައިންނަށް އޯގާތެރިވެހުރެ ﷲ އާއި ބައްދަލުކުރައްވާ، އޭރަށް ތިބާވާނީ ތިބާ އެންމެ ލޯބިވާ ފަރާތްތަކާއެކު إن شاء الله.....
?
އަސަރުކުރާގޮތެއް ނޭޭގުނު. އަސްލުވެސް މި އާޓިކަލް ކިޔަމުން އަހަރެން ދިޔައީ އަހަރެންގެ ލޮލުން ކަރުނަ ހިލެނީކިހާހިސާބަކުންތޯ. ޔަގީންކުރުމުގެ ގޮތުން ފަރުވާތެރި ކަމާއެކު ކިޔޭތޯބެލިން ނަމަވެސް ނުއެއްރޮވުނު. ސަބަބެއްކަމަށް އަހަންނަށް ގަބޫލުކުރެވުނު އެއްކަމަކީ ތެދުވެރި ނިޔަތެއް ނެތި ހަމައެކަނި ބަޔަކުމީހުންނަށް އަސަރުކުވުމުގެ ވިސްނުން މާ ކުރިއަށް އިސްކޮށްފައިވާތީ. ކުރީދުވަހު މިނޫހުގައި ޖަހާފައިވާ އިއްބެއާ ބެހޭގޮތުން ލިޔެފައިވާ އާޓިކަލް ކިޔާނިމުނީ އެތައް އިރަކު ޓުރައިކުރިފަހުނ. ވަރަށްއަސަރުކުރި. އަސަރު ކުރަނީ ޙަގީގަތް ގިނަމިންވަރަކަށް ހިމެނިފައިވުމުން. މި ކޮމެންޓް ނުޖެހިނަމަވެސް ވަގުތު ނޫހަށް ފަހުމްވަނިކޮށް ނިމުނީ.
މަހަމަ ރަނގަޅަށްވެސް ރޮވިއްޖެ. އައި ސްޕީޑްގެ ހާދިސާގައި މަރުވި އެންމެންނަކީ ސުވަރުގެވަންތަވެރިން ކަމުގައި ލައްވާޝި. އާމީން??
ފިލްމެއް ކުޅެންވީނު ދެން
ޔޯން !!!! ބޯރިންގް...
މާސާﷲ އޭނާއަށް ކެއްތެރިކަން ދެއްވާންދޭއެވެ.
???
?????ާަާަާ
????