ކައުނުގައި ކުރީ ޒަމާނެއްގައި ހިނގައިދިޔަ ބޮޑު ހާދިސާއަކާއި ގުޅުންހުރި ބައިތަކެއް، ދުނިޔޭގެ ގަނޑުފެނުގެ ބައްރު، އެންޓާކްޓިކާ އިން ހޯދައިފިއެވެ.

މި ހޯދުން ހޯދާފައިވާ އޮސްޓްރޭލިއާގެ ސައިންސްވެރިންގެ ޓީމަކުން، މިކަމާއި ގުޅޭގޮތުން ބުނެފައިވަނީ، އެފަރާތްތަކަށް ގަނޑުފެނުގެ ބައްރުން ހޯދިފައިވާ ތަކެއްޗަކީ، މީގެ އެތައް މިލިއަން އަހަރެއް ކުރިން ދުނިޔޭގެ ސޫރުދަ ނިޒާމު (ސޯލާސިސްޓަމް) ގެ ބޭރުން އިރު ފަދަ ތަރިއެއް ގޮވި ހަދިސާއަކަށްފަހު ބޭރުވި މައުދަނެއް ކަމަށެވެ.

ސައިންސްވެރިން ބުނެފައިވާގޮތުގައި، އެންޓާކްޓިކާއިން މި ބައިތައް ފެނުނީ، ވިރެމުންދިޔަ ގަނޑުފެންތަކުގެ ތެރެއިން ކަމަށެވެ. އަދި އެތަކެއްޗަކީ "އަޔަން-60" ނަމަކަށްކިޔާ މައުދަނެއް ކަމުގައިވާއިރު، މިއީ ދުނިޔެއިން ފެންނަ މައުދަނެއް ނޫން ކަމަށް އެފަރާތްތަކުން ބުނެއެވެ. ހަމަ އެހެންމެ އެންޓާކްޓިކާ އިން ފެނުނީ އިންސާނުން އުފައްދާފައިވާ "އަޔަން-60" ނޫންކަން ޔަޤީން ކުރެވޭ ކަމަށްވެސް އެފަރާތްތަކުން ބުނެފައި ވެއެވެ.

މި ތަކެތި ފެނުނު ސަރަޙައްދުން، ތަރީގެ ގޮވުމާއި ގުޅޭ އެހެން އިތުރު ބައިތަކެއް ހޯދުމުގެ މަސައްކަތްވެސް އޮސްޓްރޭލިއާގެ ސައިންސްވެރިން ކޮށްފައި ވެއެވެ. އެގޮތުން 1100 ޕައުންޑުގެ އައިސް ވިރުވައިގެން އޭގެ ތެރޭގައި އެފަދަ ބައިތަކެއް އެކުލެވޭތޯ އެފަރާތްތަކުން ވަނީ ބަލާފައެވެ.

ސައިންސްވެރިން ބުނާގޮތުގައި، ތަރިއެއް ގޮވުމުގެ ބޮޑު ހާދިސާއެއް ހިނގަނީ މަދު ފަހަރެއްގައި ކަމަށެވެ. އަދި އަމުދުން ދުނިޔެއަށް އޭގެ ބައިތަކެއް އަތުވެދާނެ ހިސާބެއްގައި ވެސް އެފަދަ ބޮޑު ހާދިސާއެއް ހިނގުމަކީ ފަހުގެ ތާރީޚެއްގައިވެސް ހިނގާފައި އަދި ހިނގާނޭ ކަމެއް ކަމަށް ނުބެލެވޭ ކަމަށް އެފަރާތްތަކުން ބުނެއެވެ.

އެފަދަ ހާދިސާތަކުގައި ހީވެސް ނުކުރާހައި ވަރުގަދަ ގޮވުންތައް ގޮވައި އެތައް މިލިއަން ޓަނެއްގެ މައުދަން ކައުނުގެ ތެރެއަށް ދޫކޮށްލާއިރު، އޭގެ ބައިތައް ގުރަހަތަކުގެ އިތުރުން ގިނިހިލަތަކުގައިވެސް ހަރުލާފައި ހުންނަ ކަމަށް ސައިންސްވެރިން ބުނެއެވެ. މީގެ އިތުރުން ހަނދުގައި ވެސް މި މައުދަން ހުންނަކަން ދިރާސާތަކުން އެނގިފައި ވެއެވެ. ނަމަވެސް ހަނދުގައި މި މައުދަން ހުރީ އެފަދަ ހާދިސާއެއްގެ އަސަރު ކުރުމުން ކަމެއް އަދި އެނގިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙބބބ

    މި މީހުން އައިސް ވިރުވީމަ އޯކޭ؟؟ ދުނިޔެ ހޫނު ވެގެން އައިސް ވިރުނީމަ އޯކޭ އެއް ނޫން!!

    49
    7
    • ބައްލަވާ

      މިމީހުން އައިސް ވިރުވީ އެންމެ 500 ލީޓަރު ގަނޑުފެން (1 ލީޓަރަކީ 2 ޕައުންޑް). ދުނިޔެ ހޫނުވެގެން ކޮންމެ ދުވަހަކަށް މިވިރެނީ 654 ބިލިއަން ލީޓަރުގެ ގަނޑުފެން. (ހަމައެކަނި އެންޓާޓިކާގައި 30 million km3) ގެ ގަޑުފެން. (1 km3 އަކީ 1 ޓްރިލިއަން ލީޓަރު).
      ކަމެއްގެ ދެކޮޅުނުބަލާ ހިޔާލުވެސް ފާޅުކޮށްލަނީ. މީހުންގެ ގަމާރުކަމާއެވެ. މީނަގެ ކޮމެންޓަށް ތާއިދު ކުރާ މީހުންވެސް އަނެއްކާ ހަމަ ގަމާރުވީ ބާއޭ ހިތަށް އަރާ؟ އަދިވެސް ދޭ އިލްމު އުގެނުން ހުއްޓާލާފައި ސިޔާސީ ކަންކަމަށާއި ދުނިޔޭގެ އުފަލާއި އަރާމަށް

      19
      3