މި އަހަރުގެ ތެރޭގައި ރިލީޒް ކުރާނެ ކަމަށް ބުނެ މިދިޔަ އަހަރު އިއުލާން ކުރި ޓައިގާ ޝްރޮފްގެ ފިލްމް "ރާމްބޯ" 2020 ގައި ރިލީސް ކުރާ ގޮތަށް ހަމަޖައްސައިފިއެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިޔުއެއްގައި ފިލްމުގެ ޑައިރެކްޓަރު ސިދާތު އާނަންދު ބުނީ އަންނަ އަހަރު ފިލްމުގެ ޝޫޓިން ފަށާނެ ކަމަށާއި 2020 އަހަރު ފިލްމު ރިލީސް ކުރުމަށް ނިންމީ ފިލްމަށް ތައްޔާރުވާން އިތުރު ވަގުތު ބޭނުންވާތީ ކަމަށެވެ.

އަދި އެފިލްމަކީ ބޮޑު ފިލްމެއް ކަމަށާއި އެފިލްމަށް ޓައިގާ ވަރަށް ރަނގަޅަށް ތަމްރީނު ކުރަން ޖެހޭ ކަމަށް ސިދާތު ބުންޏެވެ. ފިލްމަކީ އެކްޝަން ފިލްމެއް ކަމުން ފިލްމުގެ ބައެއް މަންޒަރުތައް ކުޅުމަށް ޓައިގާ ހާއްސަ ތަމްރީނުތަކެއްް ހަދަން ޖެހޭ ކަމުގައިވެސް އޭނާ ވަނީ ބުނެފައެެވެ. "ރާމްބޯ" އަށް ޓައިގާގެ ހަށިގަނޑު ވަރަށް ބޮޑަށް ބިލްޑްއަޕް ކުރަން ޖެހޭތީ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

އެކްޝަން ފިލްމެއް ކަމަށްވާ "ރާމްބޯ" އަކީ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ސިލްވެސްޓާ ސްޓެލޯން 1982 ގައި ކުޅުނު ފިލްމް "ރާމްބޯ" ގެ ހިންދީ ރިމެކިންއެކެވެ.

އެފިލްމަކީ ގިނަ ބަޔަކަށް ކަމުދާނެ ފިލްމެއް ކަމަށްވެސް އެ ފިލްމުގެ ޑައިރެކްޓަރ ބުނެއެވެ، ޓައިގާގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި ބާގީ 3 އާއި ސްޓޫޑެނެްޓް އޮފްދަ ޔިއަރ 2 ފަދަ ފިލްމުތަށް ހިމެނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު