އިންޑިއާގެ މަދްޔަޕްރަދޭޝްއަށް ނިސްބަތްވާ ޝިޔާމް ލާލް ޔަޑަވްއަކީ ވަރަށް ތަފާތު ސިއްހީ މައްސަލައެއް ހުންނަ މީހެކެވެ. އޭނާގެ ބިލުން ފަޅަނީ ދަޅެކެވެ. މީގެ އަހަރު ތަކެއް ކުރިން ފަށައިގެން، އޭނާގެ ބޮލުން އެ ދަޅު ފަޅަމުން އަންނަ އިރު، ދާދި ފަހުން އޭނާ ވަނީ އޮޕަރޭޝަނެއް ކޮށް އެ ދަޅު ނަގާފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އޭނާގެ ބޮލުން އެ ދަޅު ފަޅަން ފެށީ، ބޮލަށް ލިބުނު އަނިޔާއަކަށް ފަހުއެވެ. އެ އަނިޔާއަށްފަހު ބޮލުގެ އެއްޗެއް ފަޅަން ފެށިއެވެ. އަދި ދުވަހެއް ދުވަހަކަށް ގޮތް ނޭގޭ، އެ އެތި ބޮޑުވަމުން ދިޔައެވެ. އަދި އޭނާ އަމިއްލައަށް އެ ބުރިކުރަމުން ދިޔައެވެ. ޔަޑަވް ބުނީ، އޭނާގެ ބޮލުގައި ފަޅަމުން އައި އެ އެތި ބޮޑުވަމުންދާތީ އެންމެ ފަހުން އޭނާ ޑޮކްޓަރަށް ދެއްކިއެވެ.

އެއިރު އޭނާއަށް ދިމާވަމުންދިޔަ މައްސަލަ ޑޮކްޓަރުންނަށްވެސް ނޭގުނެވެ. ފަހުން އޭނާ ޓާރތް ހޮސްޕިޓަލަށް ދެއްކުމުން ޑޮކްޓަރުން ވަނީ އެ އެތި އޭނާގެ ބޮލުން ނަގާފައެވެ. އަދި ޑޮކްޓަރުން ވަނީ އެއީ ދަޅެއް ކަމަށް ބުނެފައެވެ. ޑޮކްޓަރުން ބުނީ، އެއީ ވަރަށް މަދުން ނޫނީ ފެންނަ ސެބަސިއަސް ހޯން ކޯންޑިޝަން ކިޔާ ސިއްހީ މައްސަލައެއް ކަމަށެވެ.

އޭނާގެ ބޮލުގައި ފެޅި އެ ދަޅު ނަގާފައި ވަނީ، އެކްސްރޭއެއް ހެދުމަށްފަހު އޮޕަރޭޝަންކޮށްގެންނެވެ.

އޭނާ އަށް ދިމާވި އެ ސިއްހީ މައްސަލައަކީ ވަރަށް މަދުން ނޫނީ ފެންނަ މައްސަލައެއް ކަމުން ޑޮކްޓަރުން އެކަމުގެ ރިޕޯޓް ތައްޔާރުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހެހެ

    ޔުނިކޯން

    12
    2
  2. ހުހުހޫ

    ރަސްގެ ބޮލުގަ ހުއްޓެ ދެދަޅު، މިވާހަކަ ވެސް ހަބަރުގަ ޖަހާލިނަމަދޯ