ކަރޯކޭ ޖެއްސުމަކީ މިހާރު ވަރަށް ގިނައިން ކުރަމުން އަންނަ ކަމެކެވެ. ލަވަ ކިޔަން ނޭގުނު ނަމަވެސް، އެތައް ބަޔަކު މިހާރު މިކަމުގައި އުޅެމުން ދެއެވެ. ކަރޯކޭ ޖެއްސުމުގެ ފޯރީގައި އެތައް ބަޔަކު އުޅޭއިރު، އެގޮތަށް އުޅުނު މީހަކަށް މިވަނީ ހިތުން ނުފިލާނެ ވަރުގެ ލަނޑެއް ލިބިފައެވެ.

އޭނާއަަކީ މުޅި ދުވަހު ކަރޯކޭ ޖެއްސުމުގައި އުޅެމުންދިޔަ ޗައިނާއަށް ނިސްބަތްވާ ވަންގް ފިރިހެނެކެވެ. އޭނާ ކަރޭކޯ ޖައްސަމުން ދިޔައީ މުބާރާތެއްގައި ބައިވެރިވުމަށް ކަމަށް ވެއެވެ.

އެކަމުގެ ސަބަބުން އޭނާގެ ފުއްޕާ މެއަށް މި ވަނީ ގެއްލުން ވެފައެވެ.

އުމުރުން 65 އަހަރުގެ އެ ފިރިހެން މީހާ އެ ދުވަހު 10 ވަރަަކަށް ލަވަ ވަރަށް ހައިނޯޓުގައި ކިޔުނެވެ. އޭގެ ފަހުން އޭނާ އުޅުނީ މޭގަަނޑުގައި ރިއްސާތީއެވެ. އަދި އޭނާ ނޭވާ ލާންވެސް އުނދަގޫވެގެން އުޅުނެވެ.

އެންމެ ފަހުން ވަންގް ނަޗަންގ ކައުންޓީގެ ހޮސްޕިޓަލަށް ދިޔައީ އެކަން ރަނގަޅު ނުވުމުންނެވެ. ޑޮކްޓަރުން ވަނީ އޭނާގެ ފުއްޕާމޭ ފިތިފައިވާކަމަށެވެ. އަދި އެކަން ދިމާވީ އޭނާ މާބޮޑަށް ފުއްޕާމެއަށް ބާރުލާފައި ހައި ނޯޓުގެ ލަވަތައް ކިޔުމުން ކަމަށް ޑޮކްޓަރު ވަނީ ބުނެފައެވެ.

އޭނާ އަށް އެންމެ ފަހުން ހޮސްޕިޓަލްގައި ފަރުވާދީފައިވާއިރު، މިއީ ކަރޯކޭ ޖައްސާ މީހުންނަށް ހުރި ބިރުވެރި ހަބަރެއް ނޫން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސަބަބެއް ކަމަށް ބުނެފައި ވަނީ މިއީ އާއްމުކޮށް ދިމާވާ މައްސަލައެއް ނޫން ކަމުގައިވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު