ބޮލީވްޑްގެ މަޝްހޫރު ތަރި ސަލްމާން ހާން ދެއަހަރަށް ޖަލަށް ލުމަށް އިންޑިއާގެ މީޑިއާތަކުން މިއަދު ރިޕޯޓް ކުރީ ލިބުނު މައުލޫމާތުގެ ކުށަކުން ކަމަށް އެމީޑިއާތަކުން ބުނެފިއެވެ.

ސަލްމާން ޖަލަށް ލުމަށް ޙުކުމް ކޮށްފިކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓް ކުރީ ޙުކުމް ކުރަން ކުރިއަށް ގެންދިޔަ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކަން ހުރި ވާހަކަތައް ނިމުނުތާ އިރުކޮޅެއް ފަހުންނެވެ.

އޭރު ޝަރީޢަތް މެދުކަނޑާލާފައިވާ ކަމަށާއި ފަނޑިޔާރު ވެސް ކޯޓު ރޫމްގައި ނެތް ކަމަށް މިހާރު އިންޑިއާގެ މީޑިއާތަކުން ބުނެއެވެ.

އިންޑިއާގެ މީޑީއާތަކަށް އޮޅުން އެރީ ސަލްމާންގެ ވަކީލު ކޯޓުން ނިކުމެ އަތުގެ އިޝާރާތުން ދެ އިނގިލި މައްޗަށް ނެގުމުންނެވެ.

އިންޑިއާގެ މީޑިއާތަކުން މިހާރު ބުނަނީ ވަކީލު އެއިޝާރާތް ކުރީ "ކާމިޔާބު" ގެ ނިޝާނެއް ކަމަށެވެ.

ސަލްމާން އަށް ޙުކުމް ކުރާނެ ވަގުތަކާއި މެދު އިންޑިއާގެ މީޑިއާތަކުގައި މިހާރު ވާހަކަދައްކަނީ އެކި ގޮތަށެވެ. ސަލްމާން އަށް މާދަމާ ޙުކުމް ކޮށްފާނެ ކަމަށް ބުނާ މީޑިއާތަކުން އިރުކޮޅެއް ފަހުން ވަނީ ސަލްމާން އަށް ކުރިއަށް އޮތް އެއްގަޑިއިރުގެ ތެރޭގައި ޙުކުމް ކޮށްފާނެ ކަމަށް ވެސް ބުނެފައެވެ.

ހިމާޔަތް ކޮށްފައިވާ ފުއްލާއެއް މަރާލި މައްސަލަ ސަލްމާންގެ މައްޗަށް ސާބިތުވާ ކަމަށް މިއަދު ކޯޓުން ވަނީ ނިންމާފައެވެ. އިންޑިއާގެ ޕްރޮސެކިއުޓަރުން އެދުނީ އެމައްސަލަ ސާބިތުވުމުން ސަލްމާންގެ މައްޗަށް ހައަހަރު ދުވަހުގެ ޖަލު ޙުކުމެއް އިއްވައި ދިނުމަށެވެ.

ނަމަވެސް ސަލްމާންގެ ވަކީލުން ވަކާލާތު ކުރަމުން ދަނީ ސަލްމާންގެ މައްޗަށް ބޮޑު ޙުކުމެއް ނީއްވުމަށެވެ. އެއީ މީގެ ކުރިން ސަލްމާންގެ މައްޗަށް ކުށެއް ސާބިތުވެފައި ނުވާތީއެވެ.

ތިން އަހަރަށް ވުރެ ކުރު ޖަލު ޙުކުމެއް އިއްވައިފިނަމަ ކަފާލާތުގެ ދަށުން މިނިވަން ކޮށްދޭން ސަލްމާނަށް ވަގުތުން ހުށައެޅޭނެއެވެ. އަދި މަތީ ކޯޓެއްގައި އޭނާ އަށް މައްސަލަ އިސްތިއުނާފު ކުރެވެނެއެވެ. އެހާލަތުގައި ސަލްމާން ވަގުތީ ގޮތުން މިނިވަން ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނުރަބޯ

    ދެއިނގިލި މައްޗަށް އުފުލާލައިގެން އެ ދައްކަނީ "ވީ" އަކުރު މާނަޔަކީ ކާމިޔާބުވިއްޔޭ. އެކަން އިންޑިއާގެ މީޑިއާ ތަކަށް އޮޅުންއެރީ ކިއެއްވެބާ؟

  2. ފަންކާ އޮފް ސަލްމާން

    އަޅެ ނަސީބެއްނު. މަ އެހަބަރުކިޔާ ރޮއެ ރޮއެ ދެފައިކޮޅުގައި ލޭރަހަ ލައިފި... އެކަހަލަ ދޮގު ހަދާކައްނުވާނެނު... ހިތް ހަމަކިރިޔާ ނުހުޓުނީ.. ދެން ފުއަލާގެ ދަޅު... ވަރަށް ފޫހިވޭ

  3. ސީލާސީލާ

    ސަލްމާން ޚާން އަށް ހުކުމް އިއްވި ޖަލެއް އިންޑިއާ އަކު ނެތް ދޯ. ތިޔާއި އިންޑިއާ ދޯ. އަންހެން ކުދިން މޫނަށް އެސިޑް ޖެހުން ހުއްޓުވޭތޯ ތަމެން ބެލިއްޔާ މާތާހިރުވާނެ އެއް ނޫންތޭ. ތިޔާ ފުއްލާ އެއް މަރާލި ކަން ދަންނަނީ ހަންޑިން ދޯ. ސަލްމާން ޚާންގެ މަސައްކަތުން އޭނާ ދައްކާ ހެވީ ޓެކްސް އިން މަދުވެގެން އިންޑިއާގެ 10 ހާސް މީހުންގެ އާބާދީ އަށް ބޯފެން ދެވޭނެއޭ ސިޔާސީ ކޮރަޕްޓް ލޯރޑުން ތައް އެފައިސާ ބަނޑު އަޅާނުލާނަމަ. އިންޑިއާ އަކީ އަދި ފުއްލާ އެއް މަރުވެގެން ސަލްމާ އަށް ހުކުމް އިއްވައިގެން މާރަނގަޅު ގައުމަކަށް ހެދެން އުޅޭނެ ކަމެއް ނެތޭ ތިޔާއީ ވަގަށް އިންސާނުންގެ ކިޑްނީވިއްކާ ކަމަށް ފަޅާ އަރާފައިވާ ގައުމު ދޯ. އިންޑިއާ މަހަށް ދޭބަލަ މޯދީ ވެސް މަހަށް ދޭބަލަ މަަހަށް މަހަށް މަހަށް ދޭބަލަ.

  4. އަބްދުއްލާ

    ނޫސް ވެރިންނަކީ ބޯހަމަޖެހޭ ބައެއްނޫން

  5. އަޖައިބު

    ދެލޯފުޅާ ރާއްޖޭގެ ނޫސްތައް މަށަށް ގަމާރީ