ކޮންމެ މީހަކުވެސް އަވައްޓެރި އިންޑިޔާ އަށް ގޮސް މަގުމަތީ ހިނގާލުމުން ހިތަށް އަރާނެ ފުރަތަމަ އެއްކަމަށްވާނީ އިންޑިޔާގައި ގެރިގިނަކަމެވެ. ގެރިޔަކީ ހިންދޫމީހުންގެ ސަގާފަތުން ބަލާނަމަ އެ މީހުންގެ ކަލާނގެއެވެ. އިންޑިއާގެ ގާނޫނު އިން ގެރިޔަކީ ހިމާޔަތް ކޮށްފަ ވާ ޖަނަވާރެކެވެ.

މި ގެރިއާއި ހެދި އެންމެ އުދަގޫ ވަނީ އިންޑިއާގެ އައިޓީ ބޮންބޭ ދަރިވަރުންނަށެވެ. އެ މީހުންގެ ކްލާހާށް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ގެރިތައް ވަދެއެވެ. އެ މީހުންނަށް އުނދަގޫކޮށްވެސް ހަދެއެވެ.

ކޮންމެ ފަހަރަކު ކްލާހަށް ގެރިއެއް ވަނުން އެ ގެރިތައް ބޭރު ކުރުމުގައި ދަރިވަރުން އުޅެއެވެ. ބައެެއް ފަހަރު ގެރިތައް ކްލާހަށް ވަދެ ސިޑިމައްޗަަށް އަރާ އުޅެއެވެ. މުގޮތަށް އުޅޭތީ ދަރިވަރުން ތަކެއް އިސްނަގައިގެން ގެރި ކުލާސްރޫމުން ބޭރުކުރަން މަސައްކަތް ކުރެއެވެ.

އައިޓީ ބޮމްބޭގެ ހޮސްޓެލްއަށް އަށް ވަރަށް ގިނައިން ގެރި ތަ ވަދެ އުޅެއެވެ. ގެރިތަ އެ ތަނަ ވަނުމަަށްފަހު ދަރިވަރުން ގެންގުޅޭ ސާމާނުތަކަށްވެސް ގެއްލުން ދެއެވެ. މިގޮތުން ދާދި ފަހުން ގެރިއެއް ވަނީ އެ ހޮސްޓެލްއަށް ވަދެ އެތާ އޮތް ކުއްޖެގެ ފޮތެއްގެ އެއް ފަޅި ކާލާފައެވެ.

އިންޑިއާގައި ގެރިމަސް ކެއުމާއި ވިކުން އެއީ މަނާކަމެއް އަދި ގެރިމަސް އެއީ އިސްލާމް ދީނުގައި ކެއުމަށް ހުދަ ޖަނަވާރަކަ ވާތީ އިންޑިޔާގެ މުސްލިމުން ގެރިމަސް ކައި ވިކާތީ ހިންދޫ އިން ވަރަށް ރުޅިއާދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކުނބޯލި

    ގެރިތައްވެސް މިހާރު ކިޔަވަން ދަސްކުރަން އެއުޅެނީ. ފޮތް ކާލީމާ ދަސްވާނެ.

  2. ޝައުކަތު

    ގެރި މިހާރު ވަރައް މޮޅުވާނެ ދޯ...