ފޯނު ހިފައިގެން ފާހަނައަށް ފެންވަރަށް ވަން އަންހެނަކު އިލެކްޓްރައުޑް ވެގެން މަރުވެއްޖެއެވެ.

ރަޝިއާގައި ދާދި ފަހުން ހިނގި މި ހާދިސާގައި މަރުވެފައި ވަނީ 26 އަހަރުގެ އަންހެނެކެވެ. އޭނާ ފާހަނައަށް ފޯނު ހިފައިގެން ވަދެ އިނީ ފޯނު ޗާޖަށް ޖަހައިގެން ކަމަށް ވެއެވެ.

އެވްޖީނިއަށް ނަމަކަށް ކިޔާ މި އަންހެން މީހާ މަރުވެފައި ވަނީ ފޯން ބޭނުންކުރަމުން ދަނިކޮށް، ކައްސާލައިގެން ފެން ހުރި ބިލިގާގެ ތެރެއަށް ވެއްޓުމުން، އެލެކްޓްރައުޑް ވެގެން ކަަމަށް ރިޕޯޓްތައް ބުނެއެވެ.

އޭނާގެ މަންމަ އުމުރުން 53 އަހަރުގެ ވީރާ ބުނީ، ދަރިފުޅަށް ކަމެއް ވެގެން އުޅޭކަން އެނގުނީ އޭނާގެ މެސެޖްތަކަށް ދަރިފުޅު ޖަވާބު ނުދިނުމުން ކަމަށެވެ. އެހެންވެ ވަގުތުން އޭނާ ދިޔައީ އެވްޖީނި ދިރިއުޅޭ ގެއަށެވެ. އަދި ގެެއަށް ގޮސް ހޯދުމުގެ ތެރޭގައި އެވްޖީނި އޮތީ ބިލިގާ ތެރޭގައި މަރުވެފައެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުގައި، އެ ހާދިސާ ހިނގާފައި ވަނީ އެވްޖީނި ފޯނު ބޭނުން ކުރަމުންދިޔައިރު ކަން ކަށަވަރެއް ނޫނެވެ. ބެލެވޭގޮތުގައި، އޭނާ ފެންވަރަކަށް ހުއްޓާ، ޗާޖަށް ޖަހާފައި އޮތް ފޯނު ފޯނު ބިލިގާ ތެރެއަށް ވެއްޓުނީއެވެ.

މިހާރު އެ މައްސަލަ ރަޝިޔާ އިންވެސްޓިގޭޓިވް ކޮމެޓިން ދަނީ ބަލަމުންނެވެ.

މީގެ ކުރިންވެސް މިފަދަ އެކި ހާދިސާތަކުގައި އެތައް ބަޔަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު