ނާރުތަކަށް ޖެހޭ ނުރައްކާތެރި ބައްޔެއް އުމުރުން 21 އަހަރުގައި ޖެހި ޑޮކްޓަރުން އޭނާގެ ދިރިއުޅުމުގައި ބާކީ އޮތީ ދެ އަހަރުކަމަށް ބުނި މަޝްހޫރު ސައިންސް އިލްމު ވެރިޔާ އުމުރުން 71 އަހަރުގައި މިދިޔަ އަހަރު މި ދުނިޔެ ދޫކޮށް ދިއުމަކީ މުޅި ސައިންސްގެ ދުނިޔެއަށް ލިބިގެންދިޔަ ފަޑުކަމެކެވެ.

ފުރޮޅުލީ ގޮނޑިއެއްގައި އިންނަވަން ޖެހިވަޑައިގެންނެވި ނަމަވެސް އޭނާ ފިޒިކްސް އާއި ހިސާބު އިލްމުގައި ބޮޑެތި ދިރާސާތަކެއް ކުރައްވާފައިވާ ސްޓީވެން ހޯކިންގެ ދިރާސާތަކަކީ މިއަދުގެ ޕިޒިކްސް އޭގެ މައްޗަށް ބިނާވެފައިވާ އޮތް އެއް އަސްލެވެ. ބުލެކް ހޯލްއާއި އަދި މިނޫންވެސް ޖައްވީ އެތައް ކަމަކާ ބެހޭގޮތުންވެސް ދިރާސާ ކުރެއްވި ސްޓީވެން ދުނިޔެ ނިމޭނެކަމަށް ޤަބޫލުކުރާ ގޮތްގޮތަކީ މިއީއެވެ.

01 ދުނިޔެ އަލިފާން ބޯޅައަކަށް ބަދަލުވުން

މިދިޔަ އަހަރު ޖުލައިމަހު ޗައިނާގެ ވެރިރަށުގައި ކުރިޔަށް ގެންދިޔަ ސައިންވެރިންގެ ފޯރަމެއްގައި ވާހަކަ ދައްކަވަމުން ސްޓިވެން ވިދާޅުވެފައިވަނީ 2600 ވަނަ އަހަރު އިންސާނުންގެ ނިސްބަތް އެތައް ގުނައެއް އިތުރުވެގެންދާނެ ކަމަށާއި އަދި "ގްލޯބަލް ވާރމިން"ގެ ސަބަބުން ދުނިޔެ 482 ފެރެންހައިޓަށް އުފުލިގެންދާނެކަމަށް ލަފާކުރެވޭ ކަމަށެވެ. މީގެ ސަބަބުން ދުނިޔޭގެ ފިނިހޫނުމުން އެއްވަރުވާނީ ވީނަސް ޕުލެނެޓްގެ ފިނި ހޫނުމިނާކަމުގައި ސްޓީވެން ފާހަގަ ކުރައްވާފައިވެއެވެ.

2. އިންސާނުންގެ މައްޗަށް ރޮބަޓުންގެ ބާރުވެރިކަން ފޯރުން

އާރޓިފިޝަން އިންޓެލިޖެންސް ނުވަތަ އަމިއްލައަށް ކަންތައް ދެނެގަނެ ކަންތައް ކުރުމުގެ ބާރުވެރިކަން ރޮބަޓުންނަށް ދިނުމަށްޓަކައި ފޭސްބުކްއާއި ގޫގަލްއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ސްޓީވެން ޤަބޫލުކުރާ ގޮތުގައި މިއީ އިންސާނުންނަށް ހެދޭނެ އެންމެ ބޮޑު ގޯހެވެ. ސްޓީވެން ބުނާގޮތުގައި ކޮންޕިއުޓަރަށް ވައިރަސް އުފައްދާނެ އިންސާނުން ދުނިޔޭގައި ތިބޭއިރު، ހަމަ އިންސާނުންގެ ތެރެއިން ބަޔަކު އިންސާނީ ނަސްލު ނައްތާލުމަށް މަސައްކަތްކޮށްފާނެ ކަމަށް ޤަބޫލުނުކުރެވޭކަމަށެވެ.

3. ނިއުކުލިއަރ ބޮޑު ބޮމެއް

ސްޓީވް ޤަބޫލު ކުރާގޮތުގައި ދުނިޔެ ނިމި އިންސާނީ ނަސްލު ނެތިގެން ދިއުމަށް އެންމެބޮޑަށް ލަފާކުރެވެނީ ނިއުކުލިއަރ ހަނގުރާމައެކެވެ. މިއަދު އެތަށް ޤައުމެއް ނިއުކުލިއަރ ހަތިޔާރު ހަދާ ޓެސްޓް ކުރަމުންދާއި، ދެން އަޅާ ނިއުކުލިއަރ ބޮމެއްގެ ސަބަބުން ދުނިޔެ ނެތިގެންދާނެކަމަށް ޤަބޫލުކުރެވެއެވެ.

ދުނިޔެ އަށް ކޮންމެވެސް ދުވަހަކުން ނިމުން އަންނާނެ ކަމާއި މެދު ޣައިރު މުސްލިމުން ވެސް ދެބަހެއް ނުވެއެވެ. ނަމަވެސް އެމީހުން ދައްކާ ވާހަކަތަކުގައި ތަފާތުތަކެއް ހުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަލީ

    ތިއީ ދިރާސާކުރަން ޖެހޭ ކަމެއް ނޫން. ދުނިޔެ ނިމިގެންދާނެ ގޮތް ވަރަށްސާފުކޮށް ދުނިޔެ ހެއްދެވި ފަރާތުން ވަނީ އިންސާނުންނަށް މާކުރިން އަންގަވައި ދެއްވާފައި.

    105
    2
    • ހޯނު

      ތިޔަ ބުނީ ފުލޯކު ފޮތުގައި އޮތް ވާހަކައެއްތަ؟

      3
      24
    • ކަހެރުވައް

      އެގޮތް ކަލޭ އޮޅުން ފިލުވާދީބަލަ އަހަރެމެންނަށް ވެސް

      7
      5
  2. ޖިންނި

    ސްޓީވް އިޒް އަ މޭޑް މޭން

    6
    3
    • ޕްރެފެސަރ

      ޖިންނި، ކަލެއަށްވުރެ އެތައްގުނައެއް ބޯ ރަނގަޅުވެފަ ޢިލްމާއި ވިސްނުމުގެ ގޮތުން މާބޮޑުތަންވެސް ރަގަޅުކަން ކަށަވަރު.

      6
      4
  3. ރޯމިއޯ

    ތިމާގެ ނުކުޅުދުން ތެރިކަމާއެކުވެސް މުޅި އުމުރު ހޭދަކުރީ ކަލަކު ވޮޑިގެންނުވާކަމަށް ދެއްކުމަށް. ކިތައްމެ ބޮޑު އިލްމުވެރިޔަކަށް ވިޔަސް ލޮލަށް ފެންނަން ހުރި ހަގީގަތާ ދެކޮޅުހެދުމުގެ ސަބަބުން އިލްމެއްނެތް ފަގީރު ނިކަމެތި އީމާންކަމުގެ އަހުލުވެރިޔާއަށް ވުރެންވެސް ތިމާވީ ދެ ދުނިޔޭގަވެސް ގެއްލި ހަލާކުވީ މީހުންތެރޭގަ

    32
    1
  4. ޢަލީ

    ދުނިޔެ ނިމިގެން ދާނެ ގޮތް އޮޅިގެން އުޅެބަޔަކު ގަބޫލުކޮށްފާނެ މިހާރު ދިނިޔެ ނިމިއްޖެޔޭ ބުންޏަސް.

    17
    1