ދުނިޔެ މަތީގައި އެކި މީހުންނަށް ދިމާވާނީ އެކި ކަންކަމެވެ. ލޯބީގައި ވަރަށް ކާމިޔާބު މީހުންނާއި ކާމިޔާބު ނޫން މީހުން އުޅެއެވެ. ހަޔާތުގައި ދިމާވާ ބައެއް ކަންކަމުގެ ސަބަބުން އަމިއްލައަށް ދުނިޔެ ދޫކޮށް ދާ މީހުންވެސް އުޅެއެވެ. އެއީ ރަނގަޅު ގޮތެއް ނޫންކަމުގައި ވިޔަސް، އެއިރު ހުންނަ އެފަދަ ވިސްނުމެއްގެ ސަބަބުން މިފަދަ ހިތާމަވެރި ހާދިސާތައް ދިމާވަނީއެެވެ.

ދާދި ފަހުން އިންޑިއާގެ ޖައިޕޫރްގައި މިފަދަ ހާދިސާއެއް ވަނީ ހިނގާފައެވެ. ދެ ލޯބިވެރިން ހޮޓަލެއްގައި ތިބެގެން ދައްކަމުން ދިޔައީ ކައިވެންޏާއި ގުޅޭ ވާހަކަތަކެވެ.

އުމުުރުން 18 އަހަރުގެ މި ޒުވާނާ އޭނާގެ ލޯބިވެރިޔާ ކައިރީގައި އޭނާ އަަވަހަށް އިންނަން ބޭނުންވާ ވާހަކަ ބުނީއެވެ. ޖަވާބަކަށް އަންހެން ކުއްޖާގެ ފަރާތުން ލިބުނީ މި ޒުވާނާ ބޭނުންވި ކަހަލަ ޖަވާބެއް ނޫނެވެ. އެ އަންހެން ކުއްޖާ ބޭނުންވަނީ ފުރަތަމަ ކިޔަވާށެވެ. އަދި އޭގެ ފަހުގައި ކައިވެނި ކުރާށެވެ.

އެކަމާއި ދެ މީހުންގެ ދެމެދު ޒުވާބު ކުރިއެވެ. އަދި އޭގެ ފަހުން މި ޒުވާނާ އެނދުމަތީގައި މަޑުން އިން ކަމަށް އެ އަންހެން ކުއްޖާ ވަނީ ބުނެފައެވެ. އަދި އޭނާ ފާހަނައަށް ގޮސް އެނބުރި އައިއިރު، އޭނާގެ ލޯބިވެރިޔާ ދަން ޖެހިފައި ހުއްޓާާ ފެނުނު ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ، ލޯބިވެރިޔާ ދަންޖެހިފައި ހުއްޓާ ފެނުމުން އެ ހޮޓެލްގެ މީހެއްގެ އެހީގައި އޭނާ ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ފަހުން މި އަންހެން ކުއްޖާގެ ބަޔާން ފުލުހުން ނަގާފައިވާއިރު، އެ ޒުވާނާގެ ހަށިގަނޑު އާއިލާއާ ވަނީ ހަވާލުކޮށްފައެވެ.

އިސްލާމް ދީނުގައި ދަން ޖެހުމަކީ މާތް ﷲ ނަހީކުރައްވާފައިވާ ބޮޑު ފާފައެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ލޯބިވެރިޔާގެ އީމާންކަމެއްނެތް. ލޯބިވެރިޔާ ޙަރާމް. ?

    10