އިންޑިއާގެ މަޝްހޫރު ޓެލެގޫ އެކްޓަރ ނަގަރްޖުނާގެ ފާމް ހައުސް އިން ކާކުކަން ނޭގޭ މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.

އެ ފާމް ހައުސް އިން ކާކުކަން ނޭގޭ މީހެއްގެ ހަށިގަނޑު ފެނިގެން އެ މައްސަލަ ބަލަމުން ދަނީ ހައިދައާބާދުގެ ފުލުހުންނެވެ.

ފުލުހުން ބުނީ، އެ މީހާގެ ހަށިގަނޑު ފެނިފައި ވަނީ މިދިޔަ ބުދަ ދުވަހު، އެ ފާމް ހައުސް ބެލުމަށް އެކްޓަރ ފޮނުވި ބަޔަކަށް ކަމަށެވެ. އެ އެކްޓަރ އެ މީހުން ފޮނުވާފައި ވަނީ، އެ ބިން ބެލުމާއި، އެތަނުގައި ހައްދަން ބޭނުންވާ ގަސްތަކަކީ ކޮބައިތޯ ބެލުމަށް ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ މީހާގެ ހަށިގަނޑު ފެނިފައި ވަނީ ވިލޭޖުގެ އެ ފާމް ހައުސްގެ ކޮޓަރިއެއްގެ ތެރެއިންނެވެ. އަދި އެ ހަށިގަނޑު ފެނުމާއެކު އެކަން ފުލުހުންގެ ސަމާލުކަމަށް ގެނައިއިރު، ފުލުހުން އެ މީހާގެ ހަށިގަނޑު ގެންގޮސް އޮޓޮޕްސީ ހަދާފައިވާކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ދަނީ އެ މައްސަަލަ ބަލަމުންނެވެ. ފުލުހުން ދަނީ އެ މީހާއަކީ ކާކުކަން ހޯދުމަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ނަގަރްޖުނާ އާއި އޭނާގެ އާއިލާއިން ދާދި ފަހުން އެ ފާމްއަށް ޒިޔާރަތްކޮށް ބައެއް ގަސްތައް ހެެއްދިއެވެ. އަދި އޭނާ އެކަމުގެ މާހިރުންތައް އެ ފާމްއެއް ފޮނުވާ ގަސްތަކުގެ ހާލަތު ބަލައެވެ.

އެ އެކްޓަރ ބުނިގޮތުގައި، އެ މީހުން އެ ބިން ގަނެފައި އޮންނަތާ މިހާރު އަހަރެއްހާ ދުވަސް ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު