އާންމު ގޮތެއްގައި ސްކޫލުން ވަކިކުރުމާއި ސަސްޕެންޑުކުރުން ފަދަ ފިޔަވަޅުތައް އަޅަނީ، ޤަވާއިދާ ޚިލާފުވެ ކުށެއް ކުރުމުން ކުށްވެރިވެގެންނެވެ. ނަމަވެސް އިންގްލޭންޑުގައި ދިރިއުޅެމުންދާ އުމުރުން 14 އަހަރުގެ ސަމާ ބަރކިޓްގެ މަންމަ ބުނާގޮތުގައި، އޭނާގެ ދަރިފުޅު ސްކޫލުން ވަކިކުރީ އެއްވެސް ކުށެއް ކޮށްގެންނެއް ނޫނެވެ.

އިންގްލޭންޑުގެ ހަލް ސިޓީގައި ހުންނަ ސައިރަސް އެކެޑަމީ ނޯތުގައި ތަޢުލީމު ހާސިލްކުރަމުން ދަނިކޮށް ސަމާ ސްކޫލުން ވަކިކޮށްލިއިރު އޭނާ ކިޔަވަމުން ދަނީ ގްރޭޑު ދިހައެއްގައެވެ. މިއީ އޭނާ ޖީސީއެސްއީ އިމްތިޙާނަށް ތައްޔާރުވަމުން ދިޔަ މުޙިންމު ދަނޑިވަޅެއް ކަމަށްވުމުން، ސްކޫލުން މިފަދަ ގޮތަކަށް އިންޒާރަކާނުލާ ސަމާ ވަކިކޮށްލުމުން، އޭނާގެ މަންމަ ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.

ނޫސްތަކުގައި މިކަމާއި ގުޅިގެން ވާހަކަ ދައްކަމުން ސަމާގެ މަންމަ ކެލީ ޝާން ބުނެފައިވަނީ، ދަރިފުޅު ސްކޫލުން ވަކިކުރި ކުރުމަކީ އެއްވެސް ހަރުދަނާކަމެއް ނެތް ނިންމުމެއް ކަމަށެވެ. އެގޮތުން އޭނާ ސްކޫލުން ވަކިކުރި ސަބަބެއް ކަމަށް އަންގާފައިވަނީ، ހޫނު ދުވަހެއްގައި، ޔުނީފޯމް މަތިން ލައިގެން ހުރި ކޯޓު ބޭލުން ކަމަށް ކެލީ ބުންޏެވެ.

ކެލީ ބުނީ ސަމާ އޭނާ ލައިގެން ހުރި ކަޅުކުލައިގެ ކޯޓު ބޭލީ ސްކޫލުން ހަވާލުކުރި ފިލާވަޅެއް ހަދަން ސްކޫލުގައި އެއްދުވަހު ހުރި ވަގުތެއްގައި މާބޮޑަށް ހޫނުވުމުން، ފިނިކޮށްލުމަށެވެ. ނަމަވެސް އެ މައްސަލަ ބޮޑުވެ ސްކޫލުގެ އިދާރާއިން އެކަން ތަހުޤީޤު ކުރުމަށްފަހު ސަމާ ވަކިކޮށްލީ އެއްވެސް އިންޒާރެއް ދިނުމެއްނެތި އުސޫލުތަކާއިވެސް ޚިލާފަށް ކަމަށް ކެލީ ބުންޏެވެ.

މި މައްސަލަ އާއި ގުޅިގެން ސަމާގެ ބައްޕަ ބުނެފައިވަނީ، މިފަދަ ކަމަކާއި ގުޅިގެން ދަރިފުޅު ސްކޫލުން ވަކިކޮށްފައިވާ ކަމަށް ބުނުމުން އެކަން ޤަބޫލު ނުކުރެވޭ ކަމަށެވެ. އޭނާ ބުނެފައިވަނީ އެ ނިންމުމަކީ ސްކޫލުގައި ދަރިވަރުންނަށް މަސައްކަތް ނުކުރެވޭ ވަރަށް ހޫނުވެ، ދަރިވަރުންނަށް ދަތިތަކާއި ކުރިމަތިވަމުންދާތީ އެކަން ގިނަބައެއްގެ ސަމާލުކަމަށް ގެނައުމުން ސަމާއާއި މެދު އަޅާފައިވާ ފިޔަވަޅެއް ކަމަށެވެ.

ސަމާ ސްކޫލުން ވަކިކުރި ނިންމުމާއި ގުޅިގެން އޭނާ ކިޔަވަމުންދިޔަ ސައިރަސް އެކެޑަމީ ނޯތު ސްކޫލުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހްމަދުﷲ މުހައްމަދު

    އަޅުގަނޑުމެންގެ ރަަާއްޖެޭގައިވެސް އޯލެވެލް އިމްތިހާނު ކައިރިވިވަރަކަށް ތި ކަހަލަ ޑިސިޝަން ނަގާ ސްކޫލް ތަށް އެބަހުރި ގިނަފަހަރަށް އެކަހަލަ ކަންތައް ދިމާވަނީވެސް ބުލީގެ ޝިކާރަ އަކަށް ވެފަ ތިބޭ ނިކަމެތިންގެ ދަރިންނަށް އެކުދިންގެ ހައްގުގައި ބަސްބުނާނެ މިީހަކު ނުހުންނަާތީ ޓީޗަރުން ފައިދަަާ ނަގާ މައިންބަފައިންނަކަށްވެސް ގިނަފަހަރަށް ހަދަންވިީ ގޮތެއް ނޭގޭ. އެހީ ހޯދަން ބުނަާނެ މީހަކުވެސް ނުހޯދޭ މީހަކުބުނި ކައުންސިލަރު މަޒިިިީނާ ޖަމީލު ގާތު އެހީ ތެރިވުމަށް ބުނި ވާހަކަ ނަތީޖާއަކީ އެބޭފުޅާ ވެސް ބުނީ އެމީހުންނަކީ ވަރަށްޕްރޮފެޝަނަލް މީހުންނޭ .ޑިގްރިީ ހަދައިގެންނޭ މިތިބީ އެކަމަކު އެހީތެރި އެއްނުވި ނިކަމެއްޗެއްގެ ދަރިއަކަށްވީތިިިިީ

    22
    1