މާޝަލް އާޓްސްގެ ދާއިރާގައި އެންމެ މަޝްހޫރު އެއް ތަރި ކަމުގައިވާ ކޮނޯރ މެކްގްރެގާރ އޭނާގެ ވާދަވެރި އެހެން ކުޅުންތެރިންތަކެއް ތިބި ބަހަކަށް ހަމަލާދިން ކަމުގެ ކުށުގައި އެމެރިކާގެ ނިއު ޔޯކްގައި ހައްޔަރުކޮށްފިއެވެ.

Error, group does not exist! Check your syntax! (ID: 111)

ކޮނޯރ ހައްޔަރުކޮށްފައިވަނީ އޭނާގެ ވާދަވެރި އެހެން ކުޅުންތެރިންތަކެއް ތިބި ބަހަކަށް އެހެން އެތައް ބަޔަކާއިއެކު ހަމަލާދިންކަމުގެ ކުށުގައެވެ. އެ ހާދިސާގެ ވިޑިއޯ ފުޓޭޖްއިން ވަނީ ކޮނޯރ އެ ބަހާއި އަމާޒުކޮށް ޓްރޮލީއެއް އެއްލާ މަންޒަރުވެސް ދައްކުވައިދީފައެވެ. އެމެރިކާގެ އަލްޓިމޭޓް ފައިޓިންގް ޗެމްޕިއަންޝިޕް ނުވަތަ ޔޫ.އެފް.ސީގެ އޮފިޝަލަކު ވަނީ ކޮނޯރގެ އިތުރުން އާޓެމް ލޮބޮވް ވެސް އެ ހާދިސާގައި ބަހަށް ހަމަލާދިނުމުގައި އަމަލީގޮތުން ބައިވެރިވެފައިވާކަމަށް ހާމަކޮށްފައެވެ.

އެ ހާދިސާގައި އިތުރު ދެ އެތްލީޓަކަށް އަނިޔާވިކަމަށް ޔޫ.އެފް.ސީއިން ވަނީ ހާމަކޮށްފައެވެ. އަދި ހަމަލާދިން ބަހުގެ ބިއްލޫރިގަނޑެއްވެސް ތަޅާލައިފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ކޮނޯރ މެކްގްރެގާރ އަމިއްލައަށް ފުލުހުންނާއި ހަވާލުވިއިރު އޭނާއާއި ދެކޮޅަށް ވަނީ އަނިޔާ ކުރުމަށް މަސައްކަތްކުރުމުގެ ކުށުގެ ދައުވާ އުފުލައިފައެވެ. އެ ހާދިސާ ހިނގާފައިވަނީ އެމެރިކާގެ ނިއު ޔޯކްގެ ބްރޫކްލިން ބާކްލޭސް ސެންޓަރުގައިކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އެ ހަމަލާގައި ޔޫ.އެފް.ސީގެ މައިކަލް ޗިއެސާ އަދި ރޭ ބޯގް ނަމަކަށްކިޔާ ދެ ކުޅުންތެރިޔަކަށް ވަނީ އެކި ވަރުގެ އަނިޔާ ލިބިފައެވެ.

ކޮނޯރ މެކްގްރެގާރ އަކީ ޔޫ.އެފް.ސީގެ އެންމެ މަޝްހޫރު އެއް އެތްލީޓެވެ. އެހެންނަމަވެސް އޭނާ ކާމިޔާބުކުރި ޔޫ.އެފް.ސީ ލައިޓްވެއިޓް ޓައިޓަލް ޔޫ.އެފް.ސީއިން ވަނީ އޭނާގެ ފަރާތުން އިތުރު މެޗުތަކުގައި ބައިވެރިނުވާތީވެ އަބުރާ ގެންގޮސްފައެވެ. ކޮނޯރ މެކްގްރެގާރ އެންމެ ފަހުން ޔޫ.އެފް.ސީގެ މެޗަކުން ފެނިގެންގޮސްފައިވަނީ ނޮވެމްބަރ 2016އިގައެވެ. އޭގެ ފަހުން އޭނާ ވަނީ 2017 ވަނަ އަހަރު ފްލޮއިޑް މޭވެދާރ އާއި ދެކޮޅަށް ބޮކްސިންގް މެޗެއްގައިވެސް ބައިވެރިވެ ނާކާމިޔާބުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެއީ ހަމައެކަނި މާޝަލް އާރޓްސްގެ ދާއިރާއެއްނޫން!! އޭނާއަކީ މިކްސްޑް މާރޝަލް އާރޓިސްޓެއް!! ޢެހެންކަމުން ހަމައެކަނި މާރޝަލް އާރޓްސްގެ ދާއިރާއޭ ބުނުމަކީ ކުށްގޮތެއް!!!