އެމެރިކާގެ ސެން ޑިއެގޯގައި އުމުރުން 17 އަހަރުގެ ސްޓެންފޯޑް ގަޓާރސަން މަރުވީ އޭނާ ވެމްޕަޔާރއަކަށް ވުމަށް ކުރި މަސައްކަތުންނެވެ. އޭނާގެ އާއިލާއިން ބުނާގޮތުގައި އޭނާއަކީ އަބަދުވެސް ވެމްޕަޔާރއަކަށް ބަދަލުވުމަށް ވަރަށް ޝައުގުހުރި އަދި އެކަން ކުރުމަށް މަސައްކަތްވެސް ކުރަމުން އައި ކުއްޖެކެވެ. ގަޓާރސަންއާއި ދެކޮޅަށް އޭނާގެ ސްކޫލުގައި އެހެން ކުދިން ދިމާކޮށް އަނިޔާކުރަމުންދިޔަކަމަށް މައުލޫމާތު ލިބޭއިރު އޭނާ ދިޔައީ ވެމްޕަޔާރއަކަށް ބަދަލުވެގެން އެ ކުދިންގެ ފަރާތުން ބަދަލުހިފުމަށް މަސައްކަތްކުރަމުންކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

އޭނާ މަރުވެގެންދިޔައީ އޭނާ އޮޅުކުރަމުންދިޔަ ވާލެއް އޭނާ ގައިގައި ދަތް ނުވަތަ ވަކި އެޅުމުގެ ސަބަބުން ރޭބީސް ނަމަކަށްކިޔާ ނުރައްކާތެރި ބައްޔެއް ޖެހުމުގެ ސަބަބުންނެވެ. ގަޓާރސަންގެ އާއިލާއިން ބުނާގޮތުގައި އެ ވާލު އޭނާ ގައިގައި ދަތްއަޅާފައިވަނީ ކޮންމެވެސް ކަހަލަ 'ރިޗުއަލް'އެއްގެ މަސައްކަތް އެއާއިއެކު އޭނާ ކުރަމުންދަނިކޮށްކަމަށެވެ. ގަޓާރސަންގެ އެކުވެރިޔަކު ވަނީ ގަޓާރސަން ވާލަކާއިއެކު ޖިންސީ ގުޅުން ހިންގުމުން އޭނާއަށް ވެމްޕަޔާރއަކަށް ބަދަލުވެވިދާނޭކަމަށް ގަޓާރސަން ގަބޫލުކުރިކަމަށްވެސް ބުނެފައެވެ.

އޭގެ އިތުރުންވެސް ގަޓާރސަން ދިޔައީ އޭނާގެ 56 އަހަރުގެ ލޯބިވެރިޔާގެ ލޭވެސް ބޮމުންކަމަށް އޭނާގެ އެކުވެރިން ވަނީ ބުނެފައެވެ. އެ އަންހެން މީހާގެ ފަރާތުން އެ މައްސަލައިގައި އެއްވެސް ބަހެއް ލިބިފައެއް ނުވެއެވެ. އޭނާގެ އެކުވެރިން ވަނީ ގަޓާރސަންގެ ކަންތައް ހުރި ގޮތް އެނގޭކަމަށާއި އެހެންނަމަވެސް ދުވަހަކުވެސް އޭގެ ސަބަބުން އޭނާ މަރުވެގެން ދާނޭކަމަށް ގަބޫލުނުކުރާކަމަށް ބުނެފައެވެ. ގަޓާރސަން އަކީ ވެމްޕަޔާރއެއް ގޮތަށް ހެދުން އަޅަންވެސް ލޯބިކުރާ ފަރާތެއްކަމަށް ހަބަރުލިބޭއިރު އޭނާ ވަނީ ބަފީ ދަ ވެމްޕަޔާރ ސްލެޔާރ ނަމަކަށްކިޔާ ފިލްމެއްވެސް އެތައް ފަހަރެއްގެ މަތިން ބަލައިފައިކަމަށް އޭނާގެ އެކުވެރިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު