ދުނިޔެއަށް ވެއްޓުނު ގިނިހިލެއްގެ ސަބަބުން މަރުވެ ދިއުމުގެ ކުރިން، މީގެ އެތައް މިލިއަން އަހަރެއް ކުރިން ދުނިޔޭގައި ރަސްކަން ކުރި ވަރުގަދަ ޑަައިނަސޯތައް، ކުޑަ ކުޑަ މާތަކެއްގެ ސަބަބުން މަރުވާން ފެށި ކަމަށް ސައިންސުވެރިން ބުނެފިއެވެ.

އެންމެ ފަހުގެ ހޯދުންތަކުން ދައްކާ ގޮތުގައި އެ ގިނިހިލަ ވެއްޓުމުގެ ކުރިންވެސް ޑައިނަސޯތައް ނެތިދާން ވަނީ ފަށާފައެވެ. ދާދި ފަހުން ކުރި ދިރާސާއަކުން ސައިންސުވެރިން ވަނީ 66 އަހަރަށް ވުރެ ކުރިން ދުނިޔޭގައި ހެދުނު ވިހަ މާތަކެއް ހޯދާފައެވެ.

އެ ދިރާސާާ ހެދި ސައިންސުވެރިންގެ ތެރެއިން އެކަކު ކަމަށްވާ ޔުނިވާސިޓީ އޮފް އަލްބަނީގެ ގޯޑަން ގެލަޕް ބުނީ އެ ވިހަ މާތައް އާންމުވުމުންވެސް އެއީ ވިހަ އެއްޗެއްކަން ޑައިނަސީތަކަށް ދަނެނުގަނެވުނު ކަމަށެވެ. ނަތީޖާއެއްގެ ގޮތުން އެމާތައް ކައި ގިނަ ޑައިނަސޯތައް ވިހަވެގެން މަރުވާން ފެށި ކަމަށް އެ ދިރާސާ ރިޕޯޓުގައި ބުނެފައި ވެއެވެ.

މިހާރު ދިރިއުޅޭ ޖަނަވާރުތަކަށް ވިހަ ތަކެތި އެނގޭ ފަދައިން ޑައިނަސޯތަކަށް ވިހަތަކެތި ވަކި ކުރަން އެނގިފައި ނުވަނީ އޭގެ ޖީންސްގައި އެކަން އޭރު އެކުލެވިފައި ނުވާތީ ކަމަށް އެ ދިރާސާ ރިޕޯޓުގައި ބުންޏެވެ. އަދި މިހާރު ޖަނަވާރުތަކަށް އެކަންތައް ވަކި ކުރަން އެނގެނީ އެތައް މިލިއަން އަހަރަކަށް ފަހު އެތަކެތީގެ ޖީންސްއަށް އައި ބަދަލާ ގުޅިގެން ކަމަށް ވެއެވެ.

ޑައިނަސޯތައް ދުނިޔެއިން ހުސްވީ މީގެ 66 މިލިއަން އަހަރު ކުރިން ވެއްޓުނު ގިނި ހިލައެއްގެ ސަބަބުންނެވެ. އެ ގިނި ހިލަ ޖެހުމާއެކު ހުރިހާ ޑައިނަސޯތައް މަރުވެ ނުދިޔަ ނަމަވެސް ސައިންސުވެރިން ބުނަަނީ ޑައިނަސޯތައް މަރުވެގެން ދިޔައީ ގިނި ހިލަ ވެއްޓުމުގެ ސަބަބުން ތިމާވެއްޓަށް އައި ބަދަލާ ގުޅިގެން ކަމަށެވެ.