އުފަންވިއިރު، މޫނުގައި ބޮޑު ލަފެއް ޖެހިފައި ހުރި ފްލޮރިޑާ ކުއްޖާގެ ފުރަތަމަ މޫނުގެ އޮޕަރޭޝަން ވަރަށް ކާމިޔާބު ކަމާއެކު ކޮށްފިއެވެ. މި އޮޕަރޭޝަން ކުރިއަށްގެންގޮސްފައި ވަނީ ރަޝިއާގައެވެ.

ލޫނާ ފެނާ ނަމަކަށް ކިޔާ އެ ކުއްޖާގެ މޫނުގައި ހުރި އުފަން ލަަށް ފިލުވުމުން އޭނާގެ އޮޕަރޭޝަން ކުރުމަށް އާއިލާއިން އެކި ގައުމުތަކުގެ ހޮސްޕިޓަލްތަކަށް ދިޔައެވެ.

އުމުރުން މިހާރު ހަތް މަސްވެފައިވާ ލޫނާ އުފަންވިއިރު، ހަންގަނޑަށް ދިމާވެފައިވާ އެ މައްސަލަ ހުރުމުން އެކަން އާއިލާއަށް ވަރަށް ބޮޑު ކަމަކަށް ވިއެވެ.

އެހެންވެ ލޫނާގެ މަންމަ ކެރޮލް ދަތުރު ފެށީ ދަރިފުޅަށް އަވަހަށް ފަރުވާ ދިނުމަށެވެ. އެއީ ލޫނާ ބޮޑުވެ، އޭނާގެ މެލަނޯމާ ކެންސަރު ޖެހިދާނެ ކަމުގެ ބިރު އޮތުމުންނެވެ.

ކެރޮލް ބުނީ، ލޫނާއަށް ފަރުވާ ދިނުމަށް، އޭނާ ކުރި މަސައްކަތް ކާމިޔާބުވީ ވަރަށް މަސައްކަތުން ކަމަށާއި، އެމެރިކާގެ ދަރިފުޅުގެ ފަރުވާ ނުދެވޭތި ދެން ދުވަހަކު ދަރިފުޅަށް ފަރުވާ ނުދެވޭނެ ކަމަށް އޭނާއަށް ހީވި ކަމަށެވެ.

އޭނާ ބުނިގޮތުގައި، ލޫނާއަށް ފަރުވާ ދިނުމަށް ފަސް އަހަރު ނަގާނެއެވެ. ލޫނާގެ އޮޕަރޭޝަން ކުރަނީ ލޭޒާ ބޭނުންކޮށްގެންނެވެ.

ލޫނާގެ ވާހަކަ ނޫސްތަކުން ފެނުމުން އޭނާއަށް ފަރުވާދިނުމަށް އިސް ނެގީ ޑރ ޕަވެލް ޕޮޕޯވްއެވެ. އޭނާ ލޫނާގެ 18 ސާޖަރީއެއް ހަދަން ވަނީ އެއްބަސްވެފައެވެ.

ލޫނާގެ ފުރަތަމަ އޮޕަރޭޝަން ވަރަށް ކާމިޔާބެވެ. ފުރަތަމަ ކޮށްފައި ވަނީ އޭނާގެ ނިއްކުރީގެ އޮޕަރޭޝަން އެކެވެ. އޭނާގެ ދެން އޮތް އޮޕަރޭޝަން ކުރެވޭނެ ތާރީހެއް ނޭގޭ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު