އިންޑިއާގެ މަޝްހޫރު ރިއަލިޓީ ޓީވީ ޝޯވ ސަރެގަމަޕާ ލިލް ޗޭމްޕްސް 2011 ކާމިޔާބު ކުރީ އަޒްމަތް ހުސައިންގެ ރީތި އަޑުގެ ވާހަކަ އެތައް ބައެއްގެ ތައުރީފް ލިބިގެންދިޔައިރު، އޭނާ އިންޑައިން އައިޑޮލް ސީޒަން 11 ގައި ފެނިގެން ދިއުމުން އެތައް ބަޔަކު ހުރީ އުފާވެފައެވެ.

މަޝްހޫރު ބައެއް ތަރިންނައި، މިއުޒީޝަނުން އަދި ލަވަކިޔުންތެރިން ޑްރަގްގެ ތެރެއަށް ވަދެ އެ މީހުންގެ ކެރިއާ ހަލާކުވި ކަމަށް ބުނެފައެވެ. އެގޮތަށް އަޒްމަތްވެސް ވަނީ އެ ވާހަކަ ހިއްސާކޮށްފައެވެ.

އޭނާ ޑްރަގްގެ ތެރެއަށް ވަނީ ކުޑައިރުއެވެ. މިހާރު އޭނާގެ އުމުރަކީ 18 އަހަރެވެ.

އަޒްމަތް އިންޑިއަން އައިޑޮލްގެ އޮޑިޝަންއަށް އައުމުން، އެކަން ފާހަގަކުރީ ޖަޖު ނެހާ ކައްކަރުއެވެ. އޭނާ ވަނީ، ޑްރަގުގެ ތެރެއަށް ވަދެވުނު ކަމަށާއި، އަދި އެއަށް ވަރަށް ބޮޑަށް އެޑިކްޓްވި ކަމަށް ބުނެފައެވެ. އަދި އޭނާ ބުނެފައިވާގޮތުގައި، އެކަމުގެ ސަބަބުން، އަމިއްލަ އަޑު ދެކެ ފޫހިވި ކަމަށާއި، ލަވަކިއުުމާއިވެސް ދުރަށް ދިޔައީ ކަމަށެވެ.

އެހެން ނަމަވެސް އޭނާ ވަނީ އިންޑިއަން އައިޑޮލްގައި ބައިވުމުގެ ހިތްވަރު ލިބިފައެވެ.

އެ ޝޯވގެ ހުރިހާ ޖަޖުންވެސް ވަނީ އަޒަމަތްއަށް އެހީތެރިވާނެ ކަމަށް ބުނެފައެވެ. އަދި އޭނާ އެނބުރި ލަވަ ކިއުމުގެ ދާއިރާއަށް ނެރުމަށް އެހީވެ، އޭނާ އެ ދާއިރާއަށް ހިތްޖައްސާނެ ކަމަށް ޖަޖުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު