މި ދުވަސްވަރު ދައްކަމުން އަންނަ އެންމެ މަޝްހޫރު އަދި އެންމ ގިނަމީހުން ބަލަ؛ާ އެއް ޝޯއަކީ ކަލާސް ޓީވީގެ ބިގްބޮސް އެވެ.

އެގޮތުން ޝޯގެ 13 ވަނަ ސީޒަން މިހާރު ދައްކަމުން ޝޯ ތެރޭގައި ފެނިގެންދާ ގޭގެ ތެރޭގައި ފޯރި މިވަނީ ވަރަށް ބޮޑަށް ގަދަވެފަ އެވެ. އެގޮތުން ސަލްމާން ހާނު ހުށަހަޅާ މިޝޯ ހުއްޓުވާލުމަށް ބައެއް މީހުން ގެންދަނީ މަސްއްކަތް ކޮއް ގޮވާލަމުންނެވެ.

އެ ޝޯއާ ދެކޮޅަށް ފުލުހުންނަށް މައްސަލަ ވެސް ހުށަހަޅާފައިވާއިރު އޭގެ އިތުރުން ސަލްމާންގެ ގޭދޮށުގައި ވެސް ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އެގޮތުން އެގޭ ދޮށުގައި ހިނގި ހަމަނުޖެހުންތަކުގައި 20 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު އެ ގޭގެ ސެކިއުރިޓީ ވެސް ވަރުގަދަ ކޮށްފައިވާ ކަމަށްވެ އެވެ.

ބިގްބޮސްގެ މިފަހަރުގެ ޝޯ ހުއްޓުވާލުމަށް ބައެއް މީހުން ގޮވާލަމުންދަނީ ޝޯގެ ކޮންސެޕްޓަކީ އިންޑިއާގެ އާދަކާދަތަކާ ނުގުޅޭ ކަމަށް ގޮތަށް ތައްޔާރުކޮށްފައިވާ ޝޯއެއް ކަމަށް ބުނެ އެވެ. އަދި ދައްކަން ނުވާ މަންޒަރުތައް ވެސް ދައްކަމުން އަންނަ ކަމަށް ބުނެ އެވެ.

ސިދާތު ޝުކްލާ އާއި ރަޝަމީ ދެސާއީ އަދި އާތީ ސިންގެ އިތުރުން ރިދީ ދޯގްރާ އާއި ދެވޮލީނާ ބަޓާޗާޖީ ފަދަ މަޝްހޫރު މޫނުތައް މިޝޯގައި ފެންނަމުންނެވެ.